ކީރިތި ގުރުއާންގެ ލަފުޒީ މާނަ ހިމެނޭ ފޮތް ހުރިހާ ސްކޫލްތަކަށް ބަހާނެ:އެޑިއުކޭޝަން

ކީރިތި ގުރުއާންގެ ލަފުޒީ މާނަ ހިމެނޭ ފޮތް ހުރިހާ ސްކޫލްތަކަށް ބަހާނެ:އެޑިއުކޭޝަން

Author
އަޒްފާ ރަޝީދު
24 މެއި 2023 09:11
0

ކީރިތި ގުރުއާންގެ ލަފުޒުތަކުގެ މާނަ އެކުލެވޭ "ކީރިތި ގުރުއާންގެ 80 ޕަސެންޓް ލަފުޒުގެ މާނަ" ފޮތް ރާއްޖޭގެ ހުރިހާ ސްކޫލުތަކަށް ބެހުމަށް ނިންމައިފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް ބެހުމަށް ތައްޔާރުވަމުންދާ ފޮތަކީ ގައުމީ ޔުނިވަސިޓީގެ ޗާންސެލަރު ޑރ ހަސަން ހަމީދާއި ހ. ކުއްޅަވައްގޭ ޖާދުﷲ ޖަމީލު ތައްޔާރުކުރެއްވި ފޮތެކެވެ.

މި ފޮތް މިދިޔަ މަހު ނެރެފައިވަނީ "ކީރިތި ގުރުއާންގެ 80 ޕަސެންޓް ލަފުޒުގެ މާނަ" މި ނަމުގަ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މި ފޮތުގެ 216 ކޮޕީ ސްކޫލުތަކަށް ހަދިޔާކުރަން ނިންމާފައިވާ ކަމަށެވެ.

މި ފޮތުގައި ގެނެސްފައިވާ ލަފުޒުތަކުގެ މާނައަކީ ޤުރުއާންގައި އެންމެ ގިނައިންބ ތަކުރާރުވާ ލަފްޒުތަކުގެ މާނަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކުޅިރޮށި
އައުރަ ނިވާކޮއްގެން އިން ނަމަ ތާހިރު ވީސް