މައްސަލަ ހައްލުކޮށް މުޅި ހުޅުމާލެއަށް ކަރަންޓު ދީފި

މައްސަލަ ހައްލުކޮށް މުޅި ހުޅުމާލެއަށް ކަރަންޓު ދީފި

Author
މުޙައްމަދު ޝަޒައިމް
01 ޑިސެމްބަރ 2020 06:32
0

މިއަދު ހަވީރު ހުޅުމާލެއަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށް މުޅި ހުޅުމާލެއަށް ކަރަންޓު ދީފިއެވެ.

ސްޓެލްކޯއިން ބުނެފައިވަނީ ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް 17:40 ގައި ވަނީ މުޅި ހުޅުމާލެއަށް ކަރަންޓު ދެވިފައި ވާކަމަށެވެ. ކަރަންޓު ކެނޑުނުތާ ގާތް ގަނޑަކަށް 2 ގަނޑިއިރު ފަހުން މުޅި ހުޅުމާލެއަށް ކަރަންޓު ދެވިފައިވާއިރު، މިހާރު މައްސަލަ އެއްކޮށް ހައްލު ކުރެވިފައިވާކަމަށް ސްޓެލްކޯއިން ބުނެއެވެ.

މައްސަލަ ހައްލުކުރަމުންދިޔަ އިރު ސްޓެލްކޯއިން އެކި ސަރަހައްދު ތަކަށް ކަރަންޓު ދެމުންދިޔައިރު މައްސަލަ އެއްކޮށް ހައްލު ވެފައިވަނީ އިރު އޮއްސެން އުޅެނިކޮށެވެ.

ހުޅުމާލޭގައި ކަރަންޓުގެ މައްސަލައެއް މިއަދު ދިމާވެފައިވާއިރު މީގެ މަހެއްހާ ދުވަސްކުރިން މުޅި މާލެއިންވެސް ވަނީ ކަރަންޓު ކެޑި ގިނަ ހިދުމަތްތަކަށް ބުރޫ އަރާފައެވެ. ސްޓެލްކޯއިން މާލެ، ހުޅުމާލޭގެ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ޚާއްސަ ޕްރޮޖެކްޓެއްގެ މަސައްކަތް ކުރަމުންނެވެ. މިމަޝްރޫޢުގެ މަސައްކަތް ނިމުމުން މާލެ، ހުޅުމާލޭގެ ކަރަންޓުގެ ވިއުގަ ގުޅާލެވި މިހާރު ދިމާވަމުންދާ މައްސަލަތަކަށް ހައްލު ލިބިގެންދާނެކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.