ބޮލީވުޑްގެ މޮޑެލް އަދި އެކްޓަރު އަދިތިޔާ ސިންގް ރާޖްޕޫތު މަރުވެފައި އޮއްވާއި ފެނިއްޖެއެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ މުމްބައިގެ އެނދެރީ ގައި އޭނާ ދިރިއުޅެމުން އަންނަ ގެއިންނެވެ.
އޭނާ މަރުވެފައި އޮއްވައި ފެނުނީ އެގޭގައި މަސައްކަތް ކުރާ މީހަކަށެވެ. ފާހަނަ ތެރޭގައި އޮއްވާ އެނާ ފެނުމުން ވަނީ ވަގުތުން ހޮސްޕިޓަލް އަށް ގެންގޮސްފައިއެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.
އޮޝިވާރާ ފުލުހުން ބުނި ގޮތުގައި ރާޖްޕުތު ދިރިއުޅެމުން ދިޔައީ އޮޝިވާރާގެ ލަޝްކަރިއްޔާ ގްރީންވުޑް އެޕާޓްމަންޓުގެ 11 ވަނަ ފަންގިފިލާގެ ފްލެޓެއްގަ އެވެ. ހޯމަ ދުވަހުގެ މެންދުރު ފަހު 2:30 އެހާކަންހާއިރު އޭނާ ހަޅޭއްލައިވަތްއަޑު އިވުން ކަމަށް މަސައްކަތު މީހަކު ވަނީ ބުނެފައިއެވެ. ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުނެނެވެ. ފުލުހުން ބުނީ މަރާއި މެދުގައި އެއްޗެއް ބުނަން އެގޭނީ އޮޓޮޕްސީ ރިޕޯޓް ލިބުމުންނެވެ.
View this post on Instagram
A post shared by Aditya Singh Rajput OFFICIAL (@adityasinghrajput_official)
މީޑީއާއިން ބުނާ ގޮތުގައި އަަދިތްޔާ ބަލިވެ އުޅޭތާ ދުވަސްތަކެއް ވެއްޖެއެވެ. ހުން އައުމާއި ކެއްސުމުގެ ޝަކުވާ ކުރަމުން އަންނަ ކަމަށާއި އަދި މި އަލާމާތްތަކަށް ޑޮކްޓަރަށް ދައްކަމުން ދިޔައެވެސް މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައިއެވެ. މީގެ އިތުރުން އޭނާ އަކީ މަސްތުވާ ތަކެތި ބޭނުން ކުރާ މީހެއްކަމަށްވެސް މީޑިއާއިން ވަނީ ބުނެފައިއެވެ.
View this post on Instagram
A post shared by Aditya Singh Rajput OFFICIAL (@adityasinghrajput_official)
"ކޯޑް ރެޑް" އަދި" ޔޭ ހޭ އާޝިގީ" ފަދަ ސިލްސިލާތަކުން އަދިތިޔާ ވަނީ ފެނިގެން ގޮސްފަ އެވެ. މީގެ އިތުރުން ރިއަލިޓީ ޝޯވ "ސްޕްލިޓްސްވިލާ 9،" އިން ވެސް އޭނާ ވަނީ ފެނިގެން ގޮސްފައިއެވެ. އޭނާ ވަނީ ބައެއް ފިލްމް ތަކުންވެސް ފެނިގެން ގޮސްފައިއެވެ. އޭގެ ތެރޭގައި "އާދީ ކިންގް،" "މަންމަ އެންޑް ޑޭޑް" އަދި" ލަވާސް" ފަދަ ފިލްމުތައް ހިމެނެ އެވެ.
އެކްޓިން ކެރިއަރުގެ އިތުރުން އިޝްތިހާރުތަކުގައި ވެސް މަޝްހޫރު މޫނެއް ގެ އިތުރުން އެޖެންސީތަކުގެ ކާސްޓިން ކޯޑިނޭޓަރެއްގެ ގޮތުގައި ވެސް އަދިތްޔާ މަސައްކަތް ކުރި އެވެ.
ކޮމެންޓު ފޮނުވާ