އެކްޓަރު ނިތޭޝް މަރުވެއްޖެ

އެކްޓަރު ނިތޭޝް މަރުވެއްޖެ

Author
ފާތިމަތު ނާވީ
24 މެއި 2023 01:33
0

ޑްރާމާ ސިލްސިލާ ތަކުން އާންމުންގެ މެދުގައި މަގުބޫލުކަން ހޯދައިފައިވާ އެކްޓަރު ނިތޭޝް ޕާންޑޭ މަރުވެއްޖެ އެވެ.

އިއްޔެގެ ވަގުތެއްގައި ނިތޭޝް މަރުވެފައިވަނީ ހާޓްއެޓޭކެއް ޖެހިގެންނެވެ. އޭނާ މިހާރު އަންނަނީ މަޝްހޫރު ޑްރާމާ ސިލްސިލާ "އަނުޕަމާ" ގައި ދީރަޖް ކަޕޫރް ކިޔާ މިހެއްގެ ރޯލު ކުޅެމުންނެވެ.

ބޮލީވުޑްގައ ހާޓް އެޓޭކް ޖެހިގެން މަރުވާ ތަރިންގެ އަދަދު ވަނީ މިހާރު ވަރަށް ބޮޑަށް އިތުރު ވެގެން ގޮސްފައިއެވެ. އެގޮތުން މިދިއަ ދެ އަހަރެއްހައި ދުވަހުގެ ތެރޭގައި ހާޓް އެޓޭކް ޖެހިގެން މަރުވެފައިވާ ތަރިންގެ އަދަދު ވަނީ އިތުރު ވެގެން ގޮސްފައިއެވެ.

 

View this post on Instagram

 

A post shared by Nitesh Pandey (@iamniteshpandey)

ބަތަލާ އަރްޕިތާ ޕާންޑޭ ފިރިމީހާ އަކީ ޑްރާމާ ގެ އިތުރުން ބައެއް ފިލްމް ތަކުންވެސް ފެނިގެން ގޮސްފައިވާ އެކްޓަރެކެވެ. އެގޮތުން ޝާހުރުކް ހާންގެ "އޯމް ޝާންތީ އޯމް" އާއި ސަލްމާން ޚާންގެ "ދަބަންގް 2″ ފަދަ ފިލްމް ތަށް ފާހަގަ ކޮށްލެވެއެވެ. 51 އަހަރުގެ އެކްޓަރު އެންމެ ފަހުން ފެނިގެން ދިއަ ފިލްްމް އަކީ މިދިޔަ އަހަރުގެ "ބަދާއީ ދޯ" އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.