އަލިޔާ ކަޝޭޕް އެންގޭޖް ވެއްޖެ

އަލިޔާ ކަޝޭޕް އެންގޭޖް ވެއްޖެ

Author
ފާތިމަތު ނާވީ
23 މެއި 2023 08:21
0

މަޝްހޫރު ފިލްމް މޭކާ އަނުރާގް ކަޝޭޕްގެ އަންހެން ދަރިފުޅު ބަތަލާ އާލިޔާ ކަޝޭޕް ލޯބިވެރިއާ ޝޭން ގްރެގޯޔަރ އެންގޭޖްވެއްޖެއެވެ.

ޝޭން އޭނާ އަށް ޕްރޮޕޯސް ކުރުމަށް ފަހު އަތުގައި އެޅުވި އަންގޮޓި ފެންނާނެ ހެން ނަގައިފައިވާ ފޮޓޯތަކެއް އާލިޔާ ވަނީ އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިއެވެ.

ބޮޑު ޑައިމަންޑް އަންގޮޓީ ފެންނާނެ ހެން އާލިއާ ހުރި އިރުގައި އޭނާ ހުރީ ވަރަށް އުފަލުން ކަން އެނގިގެން ދެއެވެ. އާލިޔާ އާއި ޝޭން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ދުވަސް ތަކެއް ވެއްޖެއެވެ. އެމީހުން އުޅެމުން އަންނަނީ ލިވިންގ ރިލޭޝަންޝިޕްއެއްގައިއެވެ.

 

View this post on Instagram

 

A post shared by Pinkvilla (@pinkvilla)

އާލިޔާއަކީ ޔޫޓިއުބަރެއްގެ ގޮތުގައި ޔޫޓިއުބް ޗެނަލް އެއް ހިންގާ ތަރިއެކެވެ. އޭނާ އަންނަނީ އޭނާގެ ދިރިއުޅުމުގެ ވާހަކަތަށް މި ޗެންލަގައި ހިއްސާ ކުރަމުންނެވެ. ޝެންއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދުވަސްތަކެއް ވެއްޖެ އެވެ. އެދެމީހުން ބައްދަލުވީ ޑޭޓިން އެޕްލިކޭޝަނަކުންނެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.