ބޮލީވުޑްގެ ބަތަލާ ސަނީ ލިއޯން އަކީ އަބަދުވެސް އޭނާގެ ފޭނުންގެ ސަމާލުކަން އަތުލުމަށް ކުޅަދާނަ ތަރިއެކެވެ. ސޯޝަލް މީޑިއާއައި ވަރަށް ރައްޓެހި ސަނީ އޭނާގެ ފޭނުންނަށް ކޮންމެ ދުވަހަކުވެސް ހަދިއާދެއެވެ.
އެގޮތުން އޭނާ ވަނީ ފޭނުންނަށް ހަދިއާއެއް ދީފައިއެވެ. މިފަހަރު އޭނާގެ މަޖާ ވީޑިއޯ ކޮޅެކެވެ. ސަނީ ފެނިގެން ދަނީ ޕޫލެއްގެ ތަރޭގައި ވަރަށް މަޖާ ގޮތަކަށް އުޅެނިކޮންނެވެ. މި ވީޑިއޯ ބަލާލާށެވެ.
ހީހީ ހަލާކު ވެއްޖެ ދޯއެވެ. ތިން ކުދިންގެ މަންމަގެ މި މަޖާ ވީޑިއޯ ބަލާފައި ގިނަ ބަޔަކު ވަނީ ކޮމެންޓް ކޮށްފައިއެވެ. ގިނަ މީހުން ބުނަނީ ހީހީ ވަރުބަލި ވެއްޖެ ކަމަށެވެ.
ސަނީ ބޮލީވުޑް އަށް ތައާރަފްވީ 2012 ވަނަ އަހަރުގެ ފިލްމް "ޖިސްމް އިންނެވެ. އޭނާ ވަނީ ބައެއް ވެބް ސީރީޒް ތަކުން ވެސް ފެނިގެން ގޮސްފައިއެވެ. މީގެއިތުރުން އޭނާ އަންނަނީ ބައެއް ޝޯވ ތަށް ވެސް ހުށައަޅައި ދެމުންނެވެ.
ކޮމެންޓު ފޮނުވާ