"އެނިމަލް" ގައި ޝަކްތީ ގެ ރޯލެއް

"އެނިމަލް" ގައި ޝަކްތީ ގެ ރޯލެއް

Author
ފާތިމަތު ނާވީ
24 މެއި 2023 06:17
0

ބޮލީވުޑްގެ ކުރީގެ މަޝްހޫރު އެކްޓަރެއް ކަމުގައިވާ ޝާކްތީ ކަޕޫރު ފިލްމް ކުޅުމާއި ދުރުގައި ގިނަދުވަސްތަކަކު ހުރުމަށްފަހު އެނބުރި އަންނަން ތައްޔާރު ވެއްޖެއެވެ.

އެގޮތުން އޭނާ ފެނިގެންދާނީ ރަންބީރު ކަޕޫރުގެ ކުރިއަށް އޮތް ފިލްމް "އެނިމަލް" ގެ ރޯލަކުންނެވެ. އެ ފިލްމް އަކީ ވަރަށް އުންމީދީ ފިލްމްއެކެވެ. މި ފިލްމް ގެ ޕޯސްޓަރެއް ވެސް އައު އަހަރާއި ދިމާކޮށް ވަނީ ދައްކައިލައިފައިއެވެ.

މި ފިލްމް ގައި ޝަކްތީ ފެނިގެންދާނި ވަރަށް ވަރުގަދަ ގޭންގްސްޓާރެއްގެ ރޯލުންނެވެ. "އެނިމަލް" އަކީ 2019 ވަނަ އަހަރު ދެއްކި އެންމެ ކާމިޔާބު ފިލްމު ކަމަށްވާ ޝާހިދު ކަޕޫރާއި ކިއާރާ އަދުވާނީގެ "ކަބީރް ސިންގް" ގެނެސްދިން ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ ތުރިލާއެކެވެ.

ލީޑުން ރަންބީރު އާއި އެކައި ފެނިގެންދާނީ ސައުތުގެ މަޝްހޫރު ބަތަލާ ރަޝްމިކާ މަންދަނާއެވެ. މީ ދެތަރިން އެކުގަިއ ފެނިގެންދާނެ ފުރަތަމަ ފިލްމްއެވެ. ފިލްމްގެ ކާސްޓުގައި އަނިލް ކަޕޫރާއި ބޮބީ ޑިއޯލްގެ އިތުރުން ޓްރިޕްތީ ދިމްރީ ވެސް ހިމެނެ އެވެ.

މި ފިލްމް ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ އޯގަސްޓް މަހު 11 ގައެވެ.

އެނިމަލް އިން ރަންބީރާއި އެކުގައި ޝަކްތީ ފެނިގެންދާ އިރުގައި ޝަކްތީގެ ދަރިފުޅު އަދި ޒުވާން ބަތަލާ ޝްރައްދާ ކަޕޫރު އާއި އެކުގައި ރޮމޭންޓިކް ފިލްމް އަކުން މިއަހަރު ވަނީ ރަންބީރު ފެނިގެން ގޮސްފައިއެވެ. އެއީ މި އަހަރުގެ މާޗް މަހުގެ 8 ވަނަ ދުވަހުގައި ރިލީޒް ކުރި ފިލްމް " ތު ޖޫޓީ މޭ މައްކާރް" އިންނެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.