ބޮލީވުޑްގެ ތަރި ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަން ޚާން ލިޔެ، ޑައިރެކްޓްކުރަން ތައްޔާރުވަމުން އަންނަ ވެން ސީރީޒް "ސްޓާޑަމް" އިން ފެނިގެންދާނީ ޝާހްރުކާއި ރަންވީރު ސިންގް ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ނަމަވެސް އެދެތަރިން ފެނިގެންދާނީ މި ސީރީޒް ގެ ކެމިއޯ ތަކުން ކަމަށް ވަނީބުނެފައިއެވެ. މި ސިރީޒް އިން ގިން ތަރިން ތަކެއް ފެނިގެންދާނެ ކަމަށާއި އެއާއި އެކު ޒުވާން ތަރިންނާއި އެކުގައި ކުރީގެ ދުވަސްވީ ތަރިންވެސް ފެނިގެން ދާނެ ކަމަށް ހަބަރުތަށް ބުނެއެވެ.
މި ސީރީޒް އާއި ބެހޭ ގޮތުން މިހާ ތަނަށް އަދި އެއްވެސް މައުލޫމާތެއް ހާމަކޮށްފައިއެއް ނުވެއެވެ. ނަމަވެސް މިއީ އާރިޔާން ގެ ބައްޕަ ޝާހުގެ ރެޑް ޗިލީ އިން ޕްރޮޑިއުސް ކުރާނެ ސީރީޒްއެއް ކަމަށް ވެއެވެ.
އެގޮތުން 6 އެޕިސޯޑަށް ހަދަން ނިންމާފައިވާ "ސްޓާޑަމް" ގެ ކާސްޓްގައި ބައެއް ޑްރާމާ ސިލްސިލާ ތަކުން މަގުބޫލުކަން ހޯދައިފައިވާ ތަރިންނާއި ބޮލީވުޑްގެ ޒުވާން ތަރިން އަދި ދުވަސްވީ ތަރިން ހެމެނޭކަމަށް ހަބަރު ލިބެއެވެ.
މި ސީރިޒް މިހާރު ވަނީ ނިމުމަކާއި ހަމާލަށް އައިސްފައިއެވެ. ދެން ފެށިގެން ދާނީ މީގެ ޝޫޓިން އެވެ. މި ސީރީޒް ރިލީޒް ކުރާ ދުވަހެއްވެސް އަދި އިއުލާން ކޮށްފައިއެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ