އިތުރު ކުންފުންޏަކަށް ޝިލްޕާ އިންވެސްޓްކޮށްފި

އިތުރު ކުންފުންޏަކަށް ޝިލްޕާ އިންވެސްޓްކޮށްފި

Author
ފާތިމަތު ނާވީ
20 މެއި 2023 05:37
0

ތަފާތު އެކި ވިޔަފާރީތަށް މިހާރު ވެސް ކުރަމުން އަންނަ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޝިލްޕާ ޝެޓީ އަނެއްކައިވެސް އާ ކުންފުންޏަކަށް އިންވެސްޓްކޮށްފި އެވެ.

ސިއްހަތަށް ފައިދާހުރި ކާބޯތަކެތިގެ އުފެއްދުންތައް މާކެޓްކުރާ ކުންފުންޏަކަށް ޝިލްޕާ އިންވެސްޓް ކުރި އިރުގައި އޭނާ އަކީ ދުޅަހެޔޮ ދިިރިއުޅުމެއް އުޅުމަށް ކަސްތަރާއި ސިއްހަތަށް ފައިދާ ހުރި ކާނާ ކެއުމަށް އިސްކަން ދިނުމަށް އަބަދުވެސް ބާރުއަޅާ ތަރިއެކެވެ.

އޭނާ އިންވެސްޓްކުރީ މުމްބާއީގެ ކުންފުންޏެއް ކަމަށްވާ 100 ޕަސަންޓް ނަރިޝްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ސްޓާޓަޕް "ވިކްޑް ގުޑް" އެވެ. މި ކުންފުންޏަށް ޝިލްޕާ އިންވެސްޓްކުރީ 2.25 ކްރޯޑް ރުޕީސް އެވެ.

އުމުރުން 47 އަހަރުގެ ބަތަލާ ޝިލްޕާ ބުނީ "ވިކްޑް ހުޑް" އަށް އިންވެސްޓްކުރުމަށް ނިންމީ އެކުންފުންޏަކީ ދުޅަހެޔޮ ސިއްހަތަށް ހިތްވަރުދޭ ކުންފުންޏަކަށް ވާތީ ކަމަށެވެ. އަދި ސިއްހަތަށް ފައިދާހުރި އުފެއްދުންތަކެއް ބާޒާރަށް ނެރެމުން އަންނަ ކުންފުންޏަކަށް ވަތީ ކަމަށް ޝިލްޕާ ބުންޏެވެ.

 

View this post on Instagram

 

A post shared by Entrepreneur India (@entrepreneurind)

"ވިޑްކް ގުޑް" ގެ ބާނީ އަކީ އަދި ސީއީއޯ އަކީ ބޫމަން ދާނީ އެވެ. މީގެ ހިއްސާދާރުންގެ ތެރޭގައި މޯނިޝް ދެބްނާތު އާއި ސޯމަލިއާ ބިސްވާސް ހިމެނެ އެވެ.

90 އަހަރު ތެރޭގައި އެންމެ ކާމިޔާބު ބަތަލާއިން ތެރޭގައި ހިމެނޭ ޝިލްޕާ އަކީ ދުޅަހެޔޮ ސިއްހަތަކަށް ލޯބިކުރާ އެކަން ޕްރޮމޯޓް ކުރާވެސް ފަންނާނެކެވެ. މީގެކުރިންވެސް ބައެއް ކުންފުނިތަކަށް ޝިލްޕާ ވަނީ އިންވެސްޓްކޮށްފަ އެވެ. ޝިލްޕާ އެންމެ ފަހުން ފެނުނީ މިއަހަރު ރިލީޒްކުރި "ނިކައްމާ" ގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.