ސަނީ ޑިއޯލްގެ ހަގު ދަރިފުޅު ބޮލީވުޑް އަށް

ސަނީ ޑިއޯލްގެ ހަގު ދަރިފުޅު ބޮލީވުޑް އަށް

Author
ފާތިމަތު ނާވީ
21 މެއި 2023 07:04
0

ބޮލީވުޑްގެ ކުރީގެ މަޝްހޫރު އެކްޓަރު ސަނީ ޑިއޯލް ގެ ހަދު ދަރިފުޅު ރަޖްވީރު ޑިއޯލް ބޮލީވުޑަށް ތައާރަފްވާ ތައްޔާރުވެއްޖެއެވެ.

ރާޖްވީިރު ބޮލީވުޑްއަށް ތައާރަފްވާ ފިލްމް އަކީ "ދޯނޯ" ނަކަމަށް ކިޔާ ފިލްމް އެއްކަމަށް ރިޕޯޓްތައް ވަނީ ބުނެފައިއެވެ. އަދި ފިލްމްގެ މަސައްކަތްތަށް މިހާރު ކުރިއަށް ދާ ކަމަށްވެސް ވަނީ ބުނެފައިއެވެ.

ރާޖްވީރު ބޮލީވުޑްއަށް ތައާރަފް ވާއިރުގައި އޭނާގެ ބޭބެ އަދި ސަނީ ގެ ދޮށީ ދަރިފުޅު ކަރަން ޑިއޯލް ވަނީ "ޕަލްޕަލް ދިލްކޭ ޕާސް" ކިޔާ ފިލްމް އަކުން 2019 ވަނަ އަހަރު ބޮލީވުޑް އަށް ތައާރަފްވެފައިއެވެ.

މީޑިއާތަކުން ބުނީ މި ފިލްމަކީ ޑެސްޓިނޭޝަން ވެޑިންއަކަށް ބިނާކޮށް ހަދާ އާއިލީ ލޯބީގެ ފިލްމެއް ކަމަށާއި މި އަހަރު ފިލްމު ރިލީޒްކުރާނެ ކަމަށެވެ.

 

View this post on Instagram

 

A post shared by Rajshri (@rajshrifilms)

ރާޖްވީރު ބޮލީވުޑް އަށް ތައާރަފްވާ ފިލްމް އަކީ "މޭނޭ ޕިޔާރު ކިޔާ" އާއި "ހަމް އާޕް ކޭ ހޭ ކޯން" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާގެ ދަރިފުޅު އަވްނީޝް ބަރްޖަތިއާ ޑައިރެކްޝަނަށް ނުކުންނަ ފިލްމްއެވެ.

ސޫރަޖްގެ އާއިލީ ފިލްމު ކުންފުނި، ރާޖްޝްރީ ޕްރޮޑަކްޝަނުން ރަޖްވީރް، 29، ބޮލީވުޑަށް ނެރެން ނިންމިކަން އިއުލާންކުރީ 2021 ގަ އެވެ. މި ފިލްމްގެ ޝޫޓިންތަށް މިހާރު ދަނީ ކުރިއަށެވެ.

 

View this post on Instagram

 

A post shared by Rajshri (@rajshrifilms)

ރާޖްވީރު ލީޑު ރޯލުން ފެނިގެންދާ މި ފިލްމްގެ ބަތަލާގެ ރޯލު ކުޅޭނީ ކުރީގެ މަޝްހޫރު ބަތަލާ ޕޫނަމް ދިލަންގެ ދަރިފުޅު ޕަލޯމާ ތަކޭރިއާ ދިލަން، 27، އެވެ.

މި ފިލްމްގެ ނަން ފިޔަވާ އެއްވެސް މައުލޫމާތެއް އަދި މިހާތަނަށް ލިބިފައިއެއް ނުވެއެވެ. މީޑިއާތަކުން ބުނީ މި ފިލްމަކީ ޑެސްޓިނޭޝަން ވެޑިންއަކަށް ބިނާކޮށް ހަދާ އާއިލީ ލޯބީގެ ފިލްމެއް ކަމަށެވެ. ނަމަވެސް ފިލްމް ރިލީޒް ކުރާނެ ދުވަހެއް އަދި ނޭގެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.