ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާންގެ ކޮއްކޮ އަރްޕީތާ ޚާން އައީ އެކްޓަރު އަޔޫޝް ޝަރުމާ ގެއިން ވައްކަންކުރި މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފި އެވެ.
މިދެމަފރިންގެ މުމްބައި ގެއިން ފަސް ލައްކަ ރުޕީސްގެ ގަހަނާ ވަގަށް ނަގާފައިވާ ކަމަށް މީޑީއާގެ ރިޕޯޓްތަށް ވަނީ ބުނެފައިއެވެ. ހޯމަ ދުވަހު ފަޅާއެރި ވައްކަމުގެ މައްސަލާގައި ހައްޔަކުރީ އާޔޫޝް އާއި އަރްޕިތާގެ ގޭގައި މަސައްކަތު މީހަކަށް އުޅޭތާ ގިނަ ދުވަސްތަކެއްވެފައިވާ ސަންދީޕް ހެގްޅޭ، 30، އެވެ.
ފުލުހުން މިހާރު ދަނީ އެ މައްސަލަ ތަހުގީގުކޮށް އިތުރު ހެކި އެއްކުރުމުގެ މަސައްކަތް ކުރަމުންނެވެ. ޚާރު ޕޮލިސް ސްޓޭޝަންގެ އޮފިޝަލަކު ބުނެފައިވަނީ މިމައްސަލަ ހުށައެޅުމާއެކު އެސަރަހައްދުގައި ހުރި ސީސީޓީވީ ކެމެރާތަކުގެ ފުޓޭޖްތައް ބަލާފައިވާ ކަމަށެވެ.
ދެހާސް އަށާރައިގެ ފިލްމު "ލަވްޔާތުރީ" އިން ބޮލީވުޑަށް ނުކުތް އާޔޫޝް އެންމެ ފަހުން ފެނިގެން ދިއައީ ސަލްމާން ހާން އާއި އެކުގައި އޭނާ ކުޅުން ފިލްމް "އަންތިމްއެވެ.
ކައިވެންޏަށް ފަހު ބޮލީވުޑްއަށް ތައާރަފްވި އަޔޫޝް ގެ ކުރިއަށް އޮތް ފިލްމް އަކީ ރުސްލާންއެވެ. މި ފިލްމްގެ އޮފިޝަލް ޓީޒާ މިހާރު ވަނީ ދައްކައިލައިފައިއެވެ. ނަމަވެސް ފިލްމް ރިލީޒް ކުރާ ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ.
އަޔޫޝް އާއި އަރްޕިތާ ކައިވެނިކުރީ 2014ގެ ނޮވެމްބަރު މަހު އެވެ. މިކައިވެނި ކުރެވިގެން ދިއައީ ވަރަށް ކުލަގަދަ ހަފްލާ ތަކާއި އެކުގައިއެވެ. މި ދެމަފިރިންނަށް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ލިބިފައި ވެއެވެ.
ކޮމެންޓު ފޮނުވާ