ޖެހުނީ އެކު ނޫޅެވޭވަރުގެ މައްސަލަތައް، އެއީ ވެރިކަމާއި ގުޅުން ހުރި ކަންކަން: ފައްޔާޒު

ޖެހުނީ އެކު ނޫޅެވޭވަރުގެ މައްސަލަތައް، އެއީ ވެރިކަމާއި ގުޅުން ހުރި ކަންކަން: ފައްޔާޒު

ގުޅުންހުރި

ރައީސް ސާލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ ދެބޭފުޅުންގެ މެދުގައި ޖެހުނީ އެކު ނޫޅެވޭ ވަރުގެ މައްސަލަތައް ކަމަށާއި، އެ މައްސަލަތަކުގެ އަސްލު ގޮސް ހުއްޓެނީ ވެރިކަމާއި ހަމައިން ކަމުގައި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދާ ޚިލާފްވެގެން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ޕާޓީން ވަކިކޮށްފައި ވަނިކޮށް ނަޝީދަށް ތާއީދުކުރާ 12 މެމްބަރަކު ޕާޓީން އަމިއްލައަށް ވަކިވެ އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށާފައިވަނިކޮށް، އެމްޑީޕީގެ ލީޑަޝިޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ ނަޝީދާއި ރައީސް ސާލިހާ ދެބޭފުޅުންގެ މެދުގައި ޖެހުނު އެންމެ ބޮޑު މައްސަލައަކީ ވެރިކަމުގެ މައްސަލަ ކަމުގައެވެ.

އެއް ނުވެވޭ ވަރުގެ ކަންތައްތަކެއް މި ހުރީ އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި. މައިގަނޑު ގޮތެއްގައި މި ހުރީ ވެރިކަމާ ގުޅުން ހުރި ކަންތައްތަކެއް. މި ވާހަކަ ކޮންމެހެން އަޅުގަނޑު ދައްކާކަށް ނުޖެހޭނެ. ބުއްދި ސަލާމަތުން ހުރި ދިވެހި ރައްޔިތަކަށް މި ވާހަކަ ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ. މި މައްސަލައަކީ ވެރިކަމުގެ މައްސަލައެއް.

އާއިލީ ގޮތުންނާއި އަދި އެކުވެރި ރަހުމަތްތެރިކަމުގެ ގޮތުންވެސް ނުހަނު ގާތްކަން އޮތް ދެބޭފުޅުން ހަތުރުވެރި ވެގެންދިޔަ ހަގީގީ ސަބަބަށް ރިއާޔަތް ކުރައްވަމުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ރައީސް ސާލިހާއި ނަޝީދުއާއި ދެބޭފުޅުންނަށް އެކީ މަސައްކަތް ކުރެވެން އޮތް ހަމައެކަނި ގޮތެއްކަމަށް ފެނިވަޑައިގަތީ ނަޝީދަށް ޕާޓީގެ ރިޔާސީ ޓިކެޓް ދީގެން ކަމުގައެވެ. އެހެންނަމަވެސް، އެމްޑީޕީގެ އާންމު މެމްބަރުން ބޮޑު ތާއީދަކާއެކީ ރައީސް ސާލިހާއި ރިޔާސީ ޓިކެޓް ހަވާލު ކޮށްފައިވަނިކޮށް ޓިކެޓް ދޫކޮށްލައްވަން ރައީސަށް ދެންނެވުމަކީ ފަސޭހަކަމެއް ނޫންކަމުގައިވެސް ފައްޔާޒު ވިދާޅުވިއެވެ.

އެއްވާން އޮތީ އެންމެ ގޮތެއް. އެއީ ރައީސް ނަޝީދަށް ޓިކެޓު ދީގެން. އެ ނޫން ގޮތަކަށް އެއްވެވޭކަށް ނެތް.

ފައްޔާޒު ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ ނަޝީދު ފެކްޝަނަށް ތާއީދުކުރާ މެމްބަރުން ޕާޓީ ދޫކޮށް ދިއުމަކީ ކަންބޮޑުވުމެއް ނޫންކަމާއި އެއީ ރިހިރިހި ހުރި ދަތެއް ވެއްޓި ރިހުން ކެނޑިގެން ދިއުންފަދަ ކަމެއް ކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ކަންކަންހައްލުނުކުތެވޭނެކަމުގެހެކިޗެއަރޕާސަންއާބައްދަލުކުރަންއެޕޮއިންޓްހައްދާގެންއުޅޭތާ6ހަމަސްވީއިރުފައިންޕުޅެއްނުފެނޭމިހައިހިއްމޮޅުމީހުނަށްކަންކަންހަމައެއްނުޖެއްސޭނެ

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ