މިފަހުން ބޮޑު މައްސަލަ ގަޑަކަށްވި ބޮލީވުޑްގެ ނަން މަޝްހޫރު ދެތަރިން ކަމުގައިވާ އަމިތާބް ބަޗަން އާއި އަނުޝްކާ ޝަރުމާ ހެލްމެޓް ނާޅާ ސައިކް ދުއްވި މައްސަލައިގައި އަނުޝްކާގެ ބޮޑީގާޑް ސޯނޫ ޝައިހު ޖޫރިމަނާ ކޮށްފިއެވެ.
އިވެންޓަކަށް ދިއުމަށް އަނުޝްކާ ސައިކަލުގައި ބޮޑީގާޑް އާއި އެކު ނައްޓާލި އިރު އެދެމީހުން ކުރެ އެކަކުވެސް ތިބީ ހެލްމެޓް ނާޅައިެވެ. އެމީހުން އިވެންޓަށް ދިއަ އިރުގެ ބައެއް ފޮޓޯ އަދި ވީޑިއޯ ވަނީ ވައިރަލް ވެފައިއެވެ. އެއާއި އެކު ގިން ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައިއެވެ.
މިމައްސަލަ ތަހުގީގު ކުރަމުން ދިއަ މުމްބައި ފުލުހުން ކުރި ޓްވިޓެއްގައި ބުނެފައިވަނީ ހެލްމެޓް ނާޅާ އަދި ސައްހަ ލައިސަންސެއް ވެސް ނެތި ދުއްވާފައިވާތީ ސޯނު ޖޫރިމަނާ ކުރީ 10،500 އިންޑިއާ ރުފީސް (2،000 އެއްހާ ރުފިޔާ) އިންކަމަށެވެ. އަދި ފުލުހުން ބުނިގޮތުގައި ސޯނޫ ވަނީ އެ ފައިސާ މިހާރު ދައްކައިފައިއެވެ.
Challan has been issued under Sec 129/194(D), Sec 5/180 & Sec 3(1)181 MV act to the driver along with an fine of Rs. 10500 & been paid by the offender. https://t.co/aLp6JEstLO pic.twitter.com/Br0ByHZk4T
— Mumbai Traffic Police (@MTPHereToHelp) May 16, 2023
އަމިތާބް ވަނީ ނުވެސްދަންނަ މީހެއްގެ ސައިލުގެ ފަހަތަށް އަރައިގެން ޝޫޓިން އަށް ގޮސްފައިއެވެ. އޭނާވެސް މީހެއްގެ ސައިކަލުގެ ފަހަތުގައި ދާންޖެހުނީ ގަޑިޖެހިދާނެތީއެވެ. އަމިތާބް އަކީ އަބަދުވެސް ގަޑިއަށް ފަރުވާތެރި މީހެކެވެ. ނަމަވެސް އަމިތާބް އަދި އޭނާ ދިއަ ސައިކަލް ދުއްވަން އިން މީހާ އަށް އެއްވެސް ފިޔަވަޅެއް އެޅިކަމަށް ފުލުހުންނެއް ނުބުނެއެވެ.
މި ދެ ތަރިން ވެސް ސައިކަލަށް އަރާފައިވަނީ މުމްބައީގެ ބޮޑު ޓްރެފިކުން ސަލާމަތްވެ އަވަހަށް ބޭނުންވާ މަންޒިލަށް ދިއުމަށެވެ. ނަމަވެސް އެ ދެ ތަރިން ސައިކަލުގެ ފަހަތު ސީޓުގައި ތިބިއިރު ތިބީ ހެލްމެޓް ނާޅަ އެވެ. އިންޑިއާގައި ސައިލް ދުއްވާއިރު އޭގައި ތިބޭ ހުރިހާ ޕަސެންޖަރުން ހެލްމެޓް އަޅަން ޖެހޭނެ އެވެ. ނޫންނަމަ މިއީ ބޮޑު ޖޫރިމަނާއެއް އަންނަ އަދި އިންޑީއާގެ ގާނޫނާއި ހިލާފް ކަމެކެވެ.
ކޮމެންޓު ފޮނުވާ