މީހުން ޓްރެފިކް ކުރުމުގެ ހައްލަކީ އެންމެ ކުޑަ އުޖޫރަ: މަޖިލިސް ރައީސް

މީހުން ޓްރެފިކް ކުރުމުގެ ހައްލަކީ އެންމެ ކުޑަ އުޖޫރަ: މަޖިލިސް ރައީސް

Author
މުޙައްމަދު ޝަޒައިމް
01 ޑިސެމްބަރ 2020 10:57
0

މީހުން ޓްރެފިކްކުރުން ހުއްޓުވައި ޤާނޫނާއި ޚިލާފަށް ހިންގާ މިބޮޑު ޖަރީމާ ހުއްޓުވޭނީ އެންމެ ކުޑަ މިނިނުންދެވޭ އުޖޫރަ ކަނޑައެޅިގެން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރެވެމުންދާ މީހުން ޓްރެފިކްކުރުން ހުއްޓުވުގެ ޤާނޫނާއި ގުޅޭގޮތުން މަޖިލިސް ރައީސް ވިދާޅުވީ މިމައްސަލަޔަކީ މުޅި ދުނިޔޭގައި އޮތް ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. މިމައްސަލަ އިތުރުވެގެންދަނީ ލިބޭ އާމްދަނީއާއި، ދެވޭ އުޖޫރަވެސް ކުޑަވުމުން ކަމަށާއި މިކަމަށް ހައްލެއް ގެވޭނީ އެންމެ ކުޑަވެގެން ދެވޭ އުޖޫރައެއް ކަޑައެޅިގެންކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

މިމައްސަލާގައި ވާހަކަ ދެއްކެވި މެމްބަރުން ވަނީ މިއީ ދުނިޔޭގައި ކުރިމަތިވެފައިވާ މޫސުމީ މައްސަލައެކޭ އެއްފަދައިން އޮތް ބޮޑު އިންސާނިއްޔަތާއި ޚިލާފް މައްސަލައެއް ކަމަށް ވިދާޅުވެފައެވެ. މިމައްސަލަ ހައްލު ކުރުމުގައި ދުނިޔޭގެ ގިނަ ގައުމުތަކަށް ހުރަސްތަކެއް ކުރިމަތިވެފައިވާއިރު މިކަން ފުޅާދާއިރާއެއްގައި ރާއްޖޭގައިވެސް ކުރަމުންދާކަމަށެވެ. ރާއްޖޭގައި މިކަން ކުރާ މީހުން ބޮޑެތި މަހުޖަނުންނަށްވެ، ނުއަގުގައި އެކި ޤައުމުތަކުން މީހުން ގެނެސް އެމީހުންނަށް އެންމެ ކުޑަމިނުން ދޭންޖެހޭ އިންސާނީ ހައްގުވެސް ދެމުން ނުދާކަމަށް މެމްބަރުން ވަނީ ފާހަގަކޮށްފައެވެ.

ޓްރެފިކިންގެ މައްސަލައަށް ހައްލެއް ގެނެވޭނީ ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކުގައި ތިއްބެވި ޒަމާންވީ މީހުން ބަދަލުކޮށް މުއައްސަސާތައް ހަރަދުނާ ކުރެވިގެންކަމަށް މެމްބަރުން ވިދާޅުވިއެވެ. މިއަދު އިމިގްރޭޝަން ތެރޭގައި ތިއްބެވި ޒަމާންވީ ގިނަ މީހުންނަކީ މިފަދަ މައްސަލަތަކުގެ ތުހުމަތު ކުރެވޭ ބޭފުޅުންނަށްވާއިރު އެބޭފުޅުން އެތަންތަނުން ބަދަލު ކުރެވިގެން ނޫނީ މިކަމަށް ހައްލެއް ނާންނާނެކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ.

މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކަކީ ކަނޑައަޅާފައިވާ މީހުން ޓްރެފިކްކުރުމުގެ ކުށާއި، ކުޑަކުދިން ޓްރެފިކްކުރުމުގެ ކުށާއި، އެކްސްޕްލޮއިޓޭޝަންގެ ޢަމަލު ހިންގުމުގެ މާނަ، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާއެއް ކަމުގައިވާ "ޔުނައިޓަޑް ނޭޝަންސް ކޮންވެންޝަން އެގެއިންސްޓް ޓްރާންސްނެ ޝަނަލް އޯގަނައިޒްޑް ކްރައިމް" ގެ ޕްރޮޓޮކޯލްއެއް ކަމުގައިވާ "ޕްރޮޓޮކޯލް ޓު ޕްރިވެންޓް، ސަޕްރެސް އެންޑް ޕަނިޝް ޓްރެފިކިންގ އިން ޕަރސަންސް އެސްޕެޝަލީ ވިމެން އެންޑް ޗިލްޑްރަން" އާ އެއްގޮތް ކުރުމަށްޓަކައި ހުށަހެޅިފައިވާ އިސްލާހުތަކެކެވެ.

އަދި މި އިޞްލާޙުތަކާއި އެކު ޓްރެފިކްކުރުމުގެ ކުށުގެ ޢަމަލެއް ހިންގުމަށް ބޭނުންކުރާ މުދަލާއި ފައިސާއާއި ކުށުގެ ޢަމަލުން ހޯދާފައިވާ މުދަލާއި ފައިސާ ދައުލަތަށް ނެގުމަށް ބާރުލިބިދޭ މާއްދާއެއް ޤާނޫނަށް އިތުރުކުރުމަށާއި، ޓްރެފިކްކުރެވޭ މީހުންނަށް ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި ކޯޓަށް ނަގައިދެވޭނެ ބަދަލުތަކުގެ ބާވަތްތައް ޤާނޫނުގައި ކަނޑައެޅުމަށްޓަކައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.