މިމަހުގެ 10 ވަނަ ދުވަހު އަލަތު ދަރިއަކު ލިބުން ބޮލީވުޑްގެ ބަތަލާ ގޯހަރް ހާން މަންމަ އަކަށްވިފަހުން ފުރަތަމަ ޕޯސްޓް ކޮށްފިއެވެ. އިއްޔެ ކުރި މިޕޯސްޓުގައި ގޯރަހު ވަނީ ވަނީ މެސެޖެއް ދީފައިއެވެ.
ގޯހަރް އަށް ދަރިއަކު ލިބުން ފަހު ކުރި ފުރަތަމަ ޕޯސްޓުގައި އޭނާގެ ތަސްވީރަކާއި އެކު ކެޕްޝަންގައި ލިޔެފައިވަނީ ނަލަހެދެން މިހާރު 12 ޖަހާ ބޮޑޫވީ ކަމަށާއި ނަލަ ހެދެން އޭނާގެ އެނާޖީ ނެއްކަމަށެވެ. ނަމަވެސް އޭނާ ހުރީ ވަރަށް އުފަލުން ކަމަށާއި ދަރިފުޅު ަތުތެރޭ އޮތުމުން ހިތްހަމަ ޖެހުން ލިބޭ ކަމަށެވެ.
ގޯހަރް ވަނީ ބައެއް ރިއަލިޓީ ޝޯވ ތަކުން ފެނިގެން ގޮސްފައިއެވެ. އެގޮތުން އޭނާ ވަނީ 'ބިގް ބޮސް' ގެ 7 ވަނަ ސީޒަން ގައި ވާދަކޮށް އެއްވަނަ ހާސިލު ކޮށްފައިއެވެ. އަދި މިއާއި އެކުގައި އޭނާ އަކީ ހޯސްޓެއްވެސް މެއެވެ. 39 އަހަރުގެ ބަތަލާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ފިލްމް "14 ޕެރޭ" އިންނެވެ.
ކޮމެންޓު ފޮނުވާ