ފެން ކުންފުނީގެ ހޮޅިއެއް ވަޅުލަން ކޮނުމަށް ފަހު ބުރި ކޮށްލާފައި އޮތް ކަރަންޓު ކޭބަލަކު މީހަކު ކަރަންޓުގައި ޖެހި އަނިޔާވުމާއި ގުޅިގެން އޭނާއަށް އައިޖީއެޗްގައި ފަރުވާދޭން ފަށައިފިއެވެ.
މި މައްސަލަ އާ ގުޅިގެން ފުލުހުން މިއަދު ބުނީ ގަލޮޅުގެ ގެއެއްގައި މީހަކު ކަރަންޓުގައި ޖެހުނު މައްސަލައެއް އިއްޔެ މެންދުރު ފުލުހުންނަށް ހުށަހެޅި ކަމަށެވެ. ކަރަންޓުގައި ޖެހިފައިވަނީ 38 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.
އައިޖީއެމްއެޗުން ބުނީ އެ އަންހެން މީހާ އެޑްމިޓްކޮށް ފަރުވާދެމުން އަންނަ ކަމަށާއި އެމީހާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.
ކޮމެންޓު ފޮނުވާ