ޕާކިސްތާން ގެ މަޝްހޫރު ފިލްމީ ތަރި އެމާދް އިރްފާނީގެ ކުޑަކުޑަ ދަރިފުޅު މަރުވެއްޖެއެވެ.
އެމާދް އަކީ ޕާކިސްތާން ގެ ފިލްމް އިންޑަސްޓްރީގައި ވަރަށް ނަން ހިނގާ އެކްޓަރެކެވެ. އެމާދްގެ ހުރި ހަމަ އެކަނި ދަރިފުޅު މަރުވެފައި ވާނީ މިއަދުގެ ވަގުތެއްގައިއެވެ.
އެކުއްޖާ މަރުވެފައިވާކަން ކަށަވަރު ކޮށްދީފައިވަނީ އެމާދްގެ ގާތް އެކުވެރިއެއް ކަމުގައިވާ އިންފްލުއެންސަރު ޝާންޒާއީ ޝެއިހް ކުރި ޕޯސްޓެއްގައިއެވެ. އެކުއްޖާ މަރުވި ސަބަބެއް އަދި އުމުރެއްވެސް ހާމަ ކޮށްފައިއެއް ނުވެއެވެ.

މުނިފޫހިފިލުވުމުގެ ދާއިރާގެ ބޮޑު ނަމެއް ކަމަށްވާ އެމާދު ވަނީ އޭނާގެ ފަންނުވެރިކަމަށް އެތައް އަހަރެއް ހޭދަކޮށްފަ އެވެ. ޑްރާމާ ސިލްސިލާ "ޗީޚް" ގައި ސަބާ ކަމަރާ އެކު އޭނާ ކުޅުނު އޮން ސްކްރީން ކެމިސްޓްރީ އެތައް މިލިއަން ބައެއްގެ މެދުގައި ގުގުމާލި އިރު، އެ ކެމިސްޓްރީއަށް ވަނީ ނުހަނު ލޯތްބާއި ތައުރީފު ލިބިފަ އެވެ. އޭގެ ފަހުން އޭނާ ވަނީ ބްލޮކްބަސްޓާ ޑްރާމާ "ޖަލާން" އިން ވެސް ފެނިގެން ގޮސްފައިއެވެ.
ކޮމެންޓު ފޮނުވާ