އަމީތާބް ބައްޗަން އަކީ ވަރަށް މަޝްހޫރު މީހެކެވެ. ނަމަވެސް އޭނާ މަޝްހޫރުވާ އެހެން ކަމެއްވެސް އެބައޮތެވެ. އެއީ ގަޑިއަށް ދާންޖެހޭ ތަނަކަށް ދިއުމަށް ނުވަތަ ގަޑިއަށް އޭނާ ވާ ފަރުވާތެރިކަމެވެ. ލަސްވުމަކީ އޭނާ ވަރަށް ނަފްރަތުކުރާ ކަމެކެވެ. އަދި އަބަދުވެސް ގަޑިއަށް އޭނާ ތަންތަނަށް ދާކަމަށް ވެއެވެ.
އަބަދުވެސް ގަޑި ނުޖެހި ޝޫޓިން ތަކަށް ދާކަމަށް މަޝްހޫރު އަމިތާބް މިފަހުން ވަނީ ގަޑިއަށް ޝޫޓިންއަށް ނުދެވި ޓްރެފިކް ގައި ތާށިވުމުގެ ސަބަބުން ނުވަސް ދަންނަ މީހެއްގެ ސައިކަލް ފަހަތުގައި ޝޫޓީން އަށް ގޮސްފައިއެވެ.
ސުޕަސްޓާ އަމިތާބް ޓްރެފިކްގައި ތާށިވެ ޝޫޓިން ލޮކޭޝަނަށް ދާން ލަސްވަމުން ފޭނެއްގެ އެހީތެރިކަން ހޯދައި، ސައިކަލުގައި ނައްޓައިލީ އޭނާގެ މަސައްކަތުގެ ތަނަށް ދިއުމަށެވެ. އޭގެ ފަހުން އަމީތާބް ބައްޗަން ވަނީ އޭނާ އަށް ޝުކުރު އަދާކޮށްފަ އެވެ.
އަމިތާބް މިހާރު އަންނަނީ ނާގް އަޝްވިންގެ ޕްރޮޖެކްޓް ކޭގެ ޝޫޓިން ކުރަމުންނެވެ. އަދި ފިލްމުގެ ޝޫޓިންކުރިއަށް ދަނިކޮށް ސެޓުގައި ވެސް އޭނާއަށް ވަނީ އަނިޔާވެފަ އެވެ. ދާދި ފަހުން އޭނާ ވަނީ ރިބޫ ދަސްގުޕްތާ ލިޔެ، ޑައިރެކްޓްކޮށްފައިވާ ސެކްޝަން 84 ގެ މަސައްކަތް އަލުން ފަށައިފަ އެވެ. އޭގެ ކާސްޓުންގެ ތެރޭގައި ޑަޔާނާ ޕެންޓީ، އަބީޝެކް ބެނާޖީ އަދި ނިމްރަތު ކޯރް ހިމެނެ އެވެ.
ކޮމެންޓު ފޮނުވާ