މެ މަހުގެ 14 ވަނަ ދުވަހު ފާހަގަ ކުރި މައިންގެ ދުވަހު ލަވަކިއުންތެރިއާ ނިކް ޖޯނަސް އޭނާގެ އަންހެނުން ޕްރިޔަންކާ ޗޯޕްރާ އަށް ޝުކުރު އަދާކޮށްފިއެވެ.
އެދުވަހު ނިކް ވަނީ އިންސްތަގްރާމްގައި ޕޯސްޓެއް ޝެއާ ކޮށްފައިއެވެ. ޕްރިޔަންކާ އާއި އެމީހުންގެ ދަރިފުޅު މާލްތީ އާއި އެކު ނަގާފައިވާ ފޮޓޯ އެއް ނިކް ވަނީ އޭނާގެ އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިއެވެ.
އެޕޯސްޓްުގައި އޭނާ ބުނީ ޕްރިޔަންކާ އަކީ 'އިންކްރެޑެބަލް' މަންމަ އެއް ކަމަށެވެ. ނިކް ވަނީ ޕްރިޔަންކާ އަށް ތައުރީފް ކޮށްފައިއެވެ. މާލްތީ ނުވަތަ ލޯބިން އެމީހުން ކިޔާ ގޮތުން ނަމަ އެމްއެމް އަކީ އެދެމީހުންގެ އަލަތު ދަރިފުޅެވެ.
ޕްރިޔަންކާ އާއި ނިކް ކައިވެނި ކުރީ 2018 ވަނަ އަހަރު ވަރަށް ކުލަ ގަދަކޮން ބޭއްވި ހަފްލާއެއްގައިއެވެ. އެމީހުންނަށް އަލަތު ދަރިފުޅު ލިބުނީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުގައިއެވެ.
ކޮމެންޓު ފޮނުވާ