ޗާގޯސް މައްސަލާގައި ޢިލްމުވެރިންގެ ގުޅުމުން ރައީސަށް 3 ހުށަހެޅުމެއް!

ޗާގޯސް މައްސަލާގައި ޢިލްމުވެރިންގެ ގުޅުމުން ރައީސަށް 3 ހުށަހެޅުމެއް!

ޗާގޯސް އާއި ދިވެހިރާއްޖޭގެ އިން ވަކިކުރުމުގެ މައްސަލައިގައި ޢިލްމުވެރިންގެ ގުޅުމުން ރައީސުލްޖުމްހޫރިއްޔާއައި ބައްދަލު ކުރައްވައި 3 ހުށަހަޅުމެއް ހުށަހަޅައިފިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުވުމުގައި ބަންޑާރަ ނައިބް އިބްރާހިމް ރިއްފަތާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރާއި، ތަރުޖަމާނު މިއުވާންވެސް ބައިވެރިވިއެވެ. މިބައްދަލުވުމާއި ގުޅޭގޮތުން އިލްމުވެރިންގެ މަޖިލީހުގެ މެމްބަރުން ވަނީ މުހިންމު ކަންކަމާއި ގުޅޭގޮތުން ރައީސާއި މަޝްވަރާ ކުރައްވާފައެވެ.

އީ.އީ.ޒެޑް މައްސަލައިގައި ޢިލްމުވެރިންގެ ފަރާތުން ކުރިއަށް ގެންދާ މަޢުލޫމާތު އެއްކުރުމުގެ ސިލްސިލާގެ ތެރެއިން ސަރުކާރަށް ހުށައަޅަން ހުރި ސުވާލުތައް ހުށައެޅުމަށާއި ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރަން ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް ޓަކައި އެމަނިކުފާނާ އެކު މިއަދު ބޭއްވުނު ދޮޅުގަޑިއިރުގެ ބައްދަލުމުގައި ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން ހުށައެޅި ކަންތައްތަކުގެ ތެރޭގައި މިކަމުގައި އާންމުންގެ ތެރޭގައި ހުރި މައިގަނަޑު ކަންބޮޑުވުންތައްވެސް ހިމެނެއެވެ.

ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން ހުށައެޅި ކަންތައްތައް:

1) 241 ކޮމިޓީއަށް ސިޓީ ހިއްސާ ކުރުން.
2) ރާއްޖޭ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ކަމަށް ޤާނޫނުގައި ބަޔާންކޮށްފައި ސަރަޙައްދާ މެދު، އިޓްލޮސްއިން ނިންމާފައިވާ ނިންމުން މުރާޖަޢާ ކުރުމަށް ހުށައެޅުން.
3) ޢިލްމުވެރިންގެ ގުޅުމުގެ އިސްނެގުމާއެކު، އީއީޒެޑް މައްސަލައިގައި ސަރުކާރުގެ މައުޤިފާ ދެކޮޅު ފަރާތްތަކާ އެކު ސަރުކާރުން ޕަބްލިކް ޑިބޭޓަކަށް ގޮސްދެއްވުން.

ފޯޅަވައްސާއި ރާއްޖެއާ ދެމެދު އޮންނަ ކަނޑުގެ ސަރަހައްދު މޮރީޝަސްއާއި ރާއްޖެއާ ދެމެދު ގާތްގަނޑަކަށް ހަމަހަމައަށް ބަހަން އެޓްލޮސްއިން ނިންމީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ.

އިޓްލޮސް އިން ވަނީ ރާއްޖޭގެ ދެކުނު 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެއަށް ލިބޭގޮތަށް ނިންމާފައެވެ. މޮރިޝަސް އަށް ދޭން ނިންމީ 45،331 އަކަކިލޯ މީޓަރެވެ. އިޓްލޮސްގެ ނިންމުމުގެ ސަބަބުން ރާއްޖޭގެ 47،000 އަކަ މޭލު ގެއްލިގެން ހިނގައްޖެ ކަމަށާއި އެހެންވެ، އެ ނިންމުން ބަލައިނުގަންނާނެ ކަމަށް އިދިކޮޅު ޕާޓީތަކުން ދަނީ ބުނަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *