އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ, އެފަދަ މައްސަލައެއް ފުލުހުން ބަލަންފެށީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ, އާއްމު އިޖުތިމާއީ މިންގަނޑާ ހިލާފު އަމަލެއް އާއްމު ތަނެއްގައި ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ސަމާލުކަމަށް އައުމާ ގުޅިގެން ކަމަށެެވެ.
އަދި ފުލުހުން ދަނީ އެ މައްސަލަ ތަހުގީގުކުރަމުން ކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް އެ މައްސަލައިގެ ތަފްސީލު ހިއްސާކޮށްފައެއް ނުވެއެވެ.
Hulhumalé ge aanmu thanthaagai badhu'ahulaagee amalu thakaa jinsee gulhun hin'gun aanmu kamakah vehjje.
Ithuru mauloomaathu: https://t.co/rBaMaGFr9j pic.twitter.com/xq9EUGzPEt
— #MvCrisis (@MvCrisis) May 15, 2023
ސޯޝަލް މީޑިއާގައި އާއްމު މީހަކު ޕޯސްޓްކުރި ވީޑިއޯއަކުން ދެ މީހަކު އާއްމު ތަނެއްގައި ބަދުއަހުލާގީ މަންޒަރު ހިންގާތަން ފެނެއެވެ. އެ ވީޑިއޯގައި ބުނެފައިވަނީ އެއީ މާލޭ ސަރަހައްދުގައި ހިނގި ކަމެއް ކަމަށެވެ. އެ ވީޑިއޯގައި ފެންނަނީ ކޮންބައެއްކަން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.