މިދިއަ ހޮނިހިރު ދުވަހު އެންޖޭގް ކުރި ބޮލިވޫޑްގެ ބަތަލާ ޕަރިނީތީ ޗޯޕްރާ އާއި އޭނާގެ ލޯބިވެރިއާ ރާގަވް ޗައްޑާ ގެ އެންގޭޖްމެންޓް ޕާޓީ ތެރޭގައި ވީޑިއޯއެއް އާންމު ވެއްޖެއެވެ.
މި ވީޑިއޯ އިން އެމީހުންގެ ހަފްލާގެ ފުރިހަމަ ކަން ފެނިގެން ދެއެވެ. އަދި ވީޑިއޯގައި އެމީހުން ވަނީ ލައިވް މިއުޒިކް ޝޯވ އެއް ވެސް ކުރިއަށްގެނގޮސްފައިއެވެ.
އެގޮތުން މި ހަފްލާގައި މަޝްހޫރު ބޮލީވުޑްގެ ލަވަކިއުންތެރިއާ މިކާ ސިންގް ވަނީ އެމީހުންނަށް ހާއްސަކޮށް ހުށައެޅުން ހުށައަޅާފައިއެވެ. އަދި އެހުށައެޅުމާއި އެއްވަރަށް އެދެމީހުން ނަށަމުން ދިއަތަންވެސް ފެނިގެން ދިއައެވެ.
ކޮންމެއަކަސް މި ހަފްލާގެ ފޮޓޯ ތަކުންވެސް އެމީހުންގެ މި ހަފްލާގެ ޝާހީ ކަމާއި ހައިބަތު ވަރަށް ރަނގަޅަށް ފެނިގެން ދެއެވެ. އެއަށް ވުރެ ބޮޑަށް ފެނިގެންދަނީ ދެމީހުން އެކަކު އަނެއްކަކު ދެކެ ވާ ލޯތްބާ ވެފައި ތިބޭ އުފަލެވެ.