"އާރްއާރްއާރް" ގެ ލީޑު އެކްޓަރު އަދި ސައުތުގެ މަޝްހޫރު ސްޕަސްޓާރު ރާމް ޗަރަންގެ އަންހެނުން އުޕާސްނާ ކާމިނޭނީ ވަރަށް ތަފާތު ފޮޓޯއެއް ހިއްސާކޮށްފިއެވެ.
އަލަތު ދަރިފުޅަށް ބަލިވެ އިން، އުޕާސްނާ ވަނީ އިއްޔެ ފާހަގަ ކުރި މައިންގެ ދުވަހާއި ގުޅުވައިގެން ހާއްސަ ޕޯސްޓެއް ކޮށްފައިއެވެ. އެ ފޮޓޯގައި ފެނިގެންދަނީ އުޕާސްނާ ބޭބީ ބަމްޕް ފެންނަ ފޮޓޯއެކެވެ. މީ މިފަދަ ފޮޓޯއެއް އުޕާސްނާ ޕޯސްޓް ކުރި ފުރަތަމަ ފަހަރެވެ.
ރާމް އާއި އުޕަސްނާ ކައިވެނި ކުރީ 2012 ވަނަ އަަހަރުގައިއެވެ. އުޕާސްނާ އާކީ ވިޔަފާރީ އާއިލާ އަކަށް ނިސްބަތްވާ ކުއްޖެކެވެ. ރާމް އަކީ މަޝްހޫރު ފިލްމީ ތަރިއެކެވެ. މީ އެދެމީހުންގެ ވެސް އަލަތު ދަރިފުޅެވެ.
ކޮމެންޓު ފޮނުވާ