"ޒަރަ ހަޓްކޭ ޒަރަ ބަޗްކޭ" ގެ ޕޯސްޓަރުތަކެއް

"ޒަރަ ހަޓްކޭ ޒަރަ ބަޗްކޭ" ގެ ޕޯސްޓަރުތަކެއް

Author
ފާތިމަތު ނާވީ
15 މެއި 2023 06:06
0

ވިކީ ކޯޝަލް އާއި ސާރާ އަލީ ޚާން ލީޑް ރޯލުން ފެނިގެންދާ ފިލްމަކީ މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމެވެ. މި ދެތަރިން އެކުގައި ފުރަތަމަ ފަހަރަށް ފެނިގެންދާނީ ލަކްޝްމަން އުޓޭކަރްގެ ކުރިއަށް އޮތް ޕްރޮޖެކްޓުންނެވެ.

ވިކީ ކޯޝަލް އާއި ސާރާ އަލީ ޚާން ލީޑް ރޯލުން ފެނިގެންދާ ފިލްމު ރިލީޒްކުރާނީ އަންނަ  އަހަރުގެ ޖޫން މަހުގެ 2 ވަނަ ދުވަހު އެވެ. މިދިޔަ އަހަރު ޝޫޓީން ނިންމާފައި އޮތް މި ފިލްމަކީ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ޕްރޮޑިއުސް ކޯށްފައިވާ ފިލްމްއެކެވެ.

ފިލްމް ގެ ނަމަކީ "ޒަރަ ހަޓްކޭ ޒަރަ ބަޗްކޭ" އެވެ. މިހާރު މިވަނީ ފިލްމްގެ ޕޯސްޓަރު ތަކެއް ދައްކައިލައިފައިއެވެ. މި ފިލްމް އަކީ މި ދެތަރިން އެކުގައި ކުޅޭ ފުރަތަމަ ފިލްއެވެ.

ފިލްމުގެ މޯޝަން އަދި ސްޓިލް ޕޯސްޓަރުތަކެއް ދައްކައުލުމަށް ފަހު، ފިލްމުގެ ރަސްމީ ޓްރެއިލާ މާދަމާ ބެލުންތެރިންނަށް ދޫކޮށްލާނެ އެވެ. އެހެން ކަމުން ޓްރެއިލާ އަށް އިންތިޒާރު ކޮށްލާށެވެ.

 

View this post on Instagram

 

A post shared by Maddock Films (@maddockfilms)

 

ސާރާގެ އެންމެ ފަހުގެ ފިލްމަކީ މާޗް މަހު ގެނެސްދިން މިސްޓްރީ ތުރިލާ "ގޭސްލައިޓް" އެވެ. ވިކީގެ އެންމެ ފަގެ ފިލްމަކީ ކޮމެޑީ ތުރިލާ "ގޯވިންދާ ނާމް މޭރާ" އެވެ. އެފިލްމް ގައި ވިކީ އާއި އެކުގައި ފެނިގެން ދިއައީ ކިއާރާ އަދުވާނީ އަދި ބޫމީ ޕޭޑްނޭކަރްއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.