ޕަރިނީތީ އެންގޭޖް ވެއްޖެ

ޕަރިނީތީ އެންގޭޖް ވެއްޖެ

Author
ފާތިމަތު ނާވީ
15 މެއި 2023 09:04
0

ބޮލީވުޑް ބަތަލާ ޕަރިނީތީ ޗޯޕްރާ ލޯބިވެރިޔާ ރާގަވް ޗައްޑާ އާއި އެންގޭޖްވެއްޖެވެ. މިކަމަށް އިއްޔެ ބޭއްވި ހަފްލާއެއްގައި އެމީހުން އެންގޭމެންޓް ސެރެމޮނީ އޮތީ އިއްޔެހެ ހަވީރުގެ ވަގުތެއްގައިއެވެ.

ޕަރިނީތީ އާއި ލޯބިވެރިއާ ރާގަވް ކަިއވެނި ކުރަން އުޅޭ ކަމަށް ނޫސްތަކުން ރިޕޯޓް ކުރާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އަދި އެންގޭޖްމެންޓް ޕާޓީ ބާއްވާނެ ކަމަށް މީޑިއާއިން މީގެ ކުރިން ވެސް ވަނީ ބުނެފައިއެވެ. އިއްޔެ އަލަށް ގުޅުނު ޖޯޑު ވަނީ އެންގޭޖްމެންޓްގެ ހަފްލާ އަށް ފަހު ބޭރަށް ނުކުމެ މީޑިއާ އަށް ފޮޓޯ ނެގުމުގެ ފުރުސަތު ދީފައިއެވެ.

އެދެމީހުންވެސް ހުރީ ވަރަށް ސާދާ ކޮން ހެދުން އަޅައިގެންނެވެ. މި ކަމަށް ދެމީޙުންވެސް ހިޔާރު ކޮށްފައިވަނީ އިންޑިއަން އައުޓްފިޓްސްއެވެ. އެމީހުން ގެ ހެދުން ފަރުމާ ކޯށްފައިވަނީ މަޝްހޫރު ސެލެބްރިޓީ ޑިޒަައިނާ މަނީޝް މަލޯތްރާއެވެ.

 

View this post on Instagram

 

A post shared by @parineetichopra

 

ޕަރިނީތީ، 34، އާ އެކީ ލަންޑަނުގައި ކިޔެވި ރާގަވް، 34، އަކީ އިންޑިއާގެ އިދިކޮޅު ޕާޓީއެއް ކަމަށްވާ އާމް އާދުމީ ޕާޓީ (އާޕް) ގެ މެމްބަރެއެއްގެ އިތުރުން އިތުރުން އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ، ރާޖިއަ ސަބާގެ މެމްބަރެއް ވެސް މެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.