"ޕޮލިޓިކަލް އެކްޓިވިޒަމް އެންޑް ލީޑަރޝިޕް" ވާކްޝޮޕެއް އެމްޓީޑީން ބާއްވައިފި

"ޕޮލިޓިކަލް އެކްޓިވިޒަމް އެންޑް ލީޑަރޝިޕް" ވާކްޝޮޕެއް އެމްޓީޑީން ބާއްވައިފި

Author
ހުސެއިން
13 މެއި 2023 06:50
0

"ސިޔާސީ ލީޑަރުން" އުފެއްދުމަށް އަމާޒުކޮށްގެން، ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ހިންގަވާ އެމްޓީޑީން މިއަދު ޚާއްސަ ވާކްޝޮޕެއް ބާއްވައިފިއެވެ.

"ޕޮލިޓިކަލް އެކްޓިވިޒަމް އެންޑް ލީޑަރޝިޕް ވާކްޝޮޕް"ގެ ނަމުގައި ބޭއްވި މި ވާކްޝޮޕް ކުރިޔަށް ގެންގޮސްފައިވަނީ ޝީ ބިލްޑިންގގެ ޖަލްސާކުރާ މާލަމްގައި މިއަދު ހެދުނު 9:00 އިން ހަވީރު 4:00 އަށެވެ. އެމްޓީޑީން ބުނެފައިވަނީ މި ވާކްޝޮޕްގެ މައިގަޑު އަމާޒަކީ ތަރީނާއި ތަރައްގީގެ ތެރެއިން މުސްތަގުބަލުގެ ލީޑަރުން އުފެއްދުން ކަމުގައެވެ. އަދި ތަޖުރިބާ ހިއްސާކޮށް، އޭގެ އިލްމު އެކަކުއަނެކަކާއި ހިއްސާކޮށް އުގަންނައިދީ، މަޝްވަރާކޮށް ބަހުސް ކުރުމުން ކޮންމެކަމަށްވެސް ކުރިއެރުން އަނާނެކަމަށް އެޕާޓީން ގަބޫލުކުރާކަމަށްވެސް ބުނެފައި ވެއެވެ.

އެމްޓީޑީން ހާމަކޮށްފައިވާ ގޮތުގައި މި މިއީ ސީރީސްއެއްގެ ގޮތަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ޓްރެއިނިން ޕްރޮގްރާމް ތެކެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.