އިލިއާނާ ބޭބީ ބަމްޕް ފެންނަ ފޮޓޯއެއް

އިލިއާނާ ބޭބީ ބަމްޕް ފެންނަ ފޮޓޯއެއް

Author
ފާތިމަތު ނާވީ
14 މެއި 2023 01:07
0

މީގެ ދުވަސްކޮޅެއް ކުރިން ބޮލީވުޑްގެ މަޝްހޫރު ބަތަލާ އިލިއާނާ ޑިކްރޫޒް ބަނޑުބޮޑުކަން އިއުލާނުކުރުމަކީ ބަޔަކަށް ލިބުނު ޝޮކެކެވެ. ޝައުގުވެރި ސަޕޯޓަރުން ތުއްތު ކުއްޖާގެ ބައްޕަގެ ވާހަކަ އޮޅުން ފިލުވަން ކެތްމަދުވެފައި ތިބި އިރު، ބަތަލާ އަދިވެސް އިސްކަން ދެނީ އެކަމުގައި ހިމޭނުން ހުރުމަށެވެ.

މިދިއަ ހުކުރު ދުވަހު އޭނާ ވަނީ މާބަނޑުކަން އިއުލާނު ކުރި ފަހުން ފުރަތަމަ ފަހަރަށް ބޭބީ ބަމްޕް ފެންނަ ފަދަ ފޮޓޯއެއް ހިއްސާ ކޯށްފައިއެވެ. ވަރަށް އުފާވެފައި ހުރި އިލިއާނާ ގެ ބޭބީ ބަމްޕަ މި ފޯޓޯ އިން ވަރަށް ރީއްޗަށް ފެނެއެވެ.

މިއީ ކަޅު ކުލައިގެ ސެކްސީ އައުޓްފިޓެއްގައި ބަރްފީ ބަތަލާ އޭނާގެ ފުރިހަމަ ފޮޓޯ ޕޯސްޓްކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ވެސް ބަނޑުބޮޑުކަން އިއުލާން ކުރި ފަހުން އޭނާ ވަނީ ތަފާޓު އެކި ފޮޓޯތަށް ހިއްސާ ކޯށްފައިއެވެ. ނަމަވެސް މިފަދަ ފޮޓޯއެއް ހިއްސާ ކޮށްފައިއެއް ނުވެއެވެ.

 

View this post on Instagram

 

A post shared by Ileana D’Cruz (@ileana_official)

އިލިއާނާ ބަނޑުބޮޑުކަން އިއުލާން ކުރި ނަމަވެސް އޭނާ ކައިވެންޏެއް ނުކުރެއެވެ. އޭނާ ގެ ލޯބިެރިއަކީ ނުވަތަ ކުއްޖާގެ ބައްޕަ އަކީ ކޮބައިތޯ ބެލުންމަށް ގިނަ ބަޔަކު ޝައުގުވެރިވެއެވެ.

ބަތަލާ ކެޓްރީނާ ކައިފްގެ ކޮއްކޮ ސެބެސްޓިއަން ލޯރެންޓް މިޝެލްއާ އިލިއާނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުތަކެއް މީގެ ދުވަސްކޮޅެއް ކުރިން ފެތުރުނެވެ. ނަމަވެސް އެދެމީހުން ކުރެ އެކަކުވެސް ކަށަވަރުކޮށްދީ ފައިއެއް ނުވެއެވެ. އަދި ހަމަ އެހެންމެ ދޮގެއްވެސް ނުމެ ކުރެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.