ބަތަލާ ގޯހަރު ހާން އާއި ޒައިދް ދަރްބާރް އަށް އެމީހުންގެ ގެ ފުރަތަމަ ދަރިފުޅު ލިބުން ކަން އިއުލާން ކޮށްފިއެވެ. އެދެމީހުން ނަށް ލިބިފައިވަނީ ފިރިހެން ކުއްޖެކެވެ.
ގޯހަރު އިއްޔެ ކުރި އިންސްޓްގާރްމް ޕޯސްޓެއްގައި ބުނެފައިވަނީ އެމީހުންނަށް ފިރިހެއް ކުއްޖަކު ލިބިފައިވާކަމަށާއި އަދި އޭނާ ވިހެއީ މިމަހުގެ 10 ވަނަ ދުވަހުގައި ކަމަށެވެ.
މިހަބަރު އިއުލާން ކުރުމާއި އެކު އެދެމަފިރިންނަށް ވަނީ ތަހުނިޔާގެ މެސެޖުތަށް އޮއްސައިލައިފައިއެވެ. ގޯހަރް އޭނާ ބަނޑުބޮޑުކަން އިއުލާން ކުރީ މިދިއަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައިއެވެ.
ގޯހަރް ވަނީ ބައެއް ރިއަލިޓީ ޝޯވ ތަކުން ފެނިގެން ގޮސްފައިއެވެ. އެގޮތުން އޭނާ ވަނީ 'ބިގް ބޮސް' ގެ 7 ވަނަ ސީޒަން ގައި ވާދަކޮށް އެއްވަނަ ހާސިލު ކޮށްފައިއެވެ. އަދި މިއާއި އެކުގައި އޭނާ އަކީ ހޯސްޓެއްވެސް މެއެވެ. 39 އަހަރުގެ ބަތަލާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ފިލްމް "14 ޕެރޭ" އިންނެވެ.
ޒައިދް، 27، އާއި ގޯހަރު ކައިވެނި ކުރީ 2020 ވަނަ އަހަރުގައި ވަރަށް ކުލަ ގަދަ ހަފްލާއެއްގައި އެވެ. ޒައިދް އަކީ ލަވަ ކިއުންތެރިއެއް ގެ އިތުރުން އިންފުލުއެންސާ އެކެވެ. މީ ދެމީހުންގެ ފުރަތަމަ ދަރިފުޅެވެ.
ކޮމެންޓު ފޮނުވާ