ބޮލީވުޑްގެ ބަތަލާ ޕަރިނީތީ ޗޯޕްރާގެ އެންގޭޖްމަންޓް ޕާޓީ އަށް ތަކައި ގޭތެރެ ޒީނަތް ތެރި ކުރުމުގެ ގޮތުނަ ބޮކިފަތި ދަމައި މުޅި ގެ ދިއްލައިލައިފިއެވެ.
އާންމު ވެފައިވާ ފޮޓޯ ތަކުން ފެންނަ ގޮތުގައި އެ ގޭގެ ބޭރު ފެންނަ ހުރި އިރު ބެލްކަނީގެ ވަށައިގެން ވަނި ނިވިދިއްލޭ ބޮކި ނުވަތަ ފެއާރީ ލައިޓްލައި ވަރަށް ގަދައަށް ދިއްލައިލައިފައިއެވެ.
ޕަރިނީތީ އާއި ލޯބިވެރިއާ ރާގަވް ކަިއވެނި ކުރަން އުޅޭ ކަމަށް ނޫސްތަކުން ރިޕޯޓް ކުރާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އަދި އެންގޭޖްމެންޓް ޕާޓީ މިއަދު ބާއްވާނެ ކަމަށް މީޑިއާއިން މީގެ ކުރިން ވެސް ވަނީ ބުނެފައިއެވެ.
އެފަދައިން އެދެމީހުންގެ އެންގޭޖްމެންޓް ޕާޓީ ބޭއްވުމަށް ޕަރިނީތީގެ ގެ ދިއްލައިލައިފައި ވާއިރުގައި އެންގޭޖްމެންޓް މިއަދު ގެ ވަގުތެއްގައި ކުރިއަށް ގެންދާނެ ކަމަށްވެއެވެ.
ޕަރިނީތީ، 34، އާ އެކީ ލަންޑަނުގައި ކިޔެވި ރާގަވް، 34، އަކީ އިންޑިއާގެ އިދިކޮޅު ޕާޓީއެއް ކަމަށްވާ އާމް އާދުމީ ޕާޓީ (އާޕް) ގެ މެމްބަރެކެވެ.
ކޮމެންޓު ފޮނުވާ