ޝާހިދު ސްވިޑްންއަށް ވަޑައިގެންފި

ޝާހިދު ސްވިޑްންއަށް ވަޑައިގެންފި

Author
މުޙައްމަދު ޝަޒައިމް
13 މެއި 2023 10:11
0

ފޮރިން މިނިސްޓަރ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ސްވިޑްންއަށް ވަޑައިގެންފިއެވެ.

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު ސްވިޑްންގެ ސްޓޮކްހޯމްއަށް ވަޑައިގެންނެވީ، ހުކުރު ދުވަހުއެވެ. އެމަނިކުފާނު ސްވިޑްންއަށް ކުރައްވާ މިވދަތުރުފުޅަކީ މެއި މަހުގެ 12ން 14ށް ކުރައްވާ ދަތުރެކެވެ. ދެ ދުވަހުގެ ރަސްމީ ދަތުރުގައި، ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރަޕިއަން ޔޫނިއަން އިންޑޯ ޕެސިފިކް މިނިސްޓީރިއަލް ފޯރަމްގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.

ޔޫރަޕިއަން ޔޫނިއަނާއި އިންޑޯ ޕެސިފިކް ސަރަހައްދުގެ ގުޅުން ވަރުގަދަކުރުމުގެ ގޮތުން ބާއްވާ އީޔޫ އިންޑޯ ޕެސިފިކް މިނިސްޓީރިއަލް ފޯރަމްގައި، އިންޑޯ ޕެސިފިކް ސަރަހައްދާއި އީޔޫގެ ގާތްގަނޑަކަށް 60 ފޮރިން މިނިސްޓަރުންގެ އިތުރުން، އިންޑޯ ޕެސިފިކް ސަރަހައްދުގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

ސްޓޮކްހޯމްއަށް ވަޑައިގެން މިނިސްޓަރު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، އީޔޫ އިންޑޯ ޕެސިފިކް މިނިސްޓީރިއަލް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ސްވިޑްންއަށް ކުރައްވާ ދަތުރުފުޅުގެ ސަބަބުން، ދިވެހިރާއްޖެއާއި އިންޑޯ ޕެސިފިކް ސަރަހައްދާއި ޔޫރަޕިއަން ޔޫނިއަނާމެދު އޮތްް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށެވެ.

މި ފޯރަމަކީ ދުނިޔޭގެ ތަރައްގީއާއި، އެކި ސަރަހައްދުތަކަށް ކުރާ އަސަރުތައް ވަޒަންކުރުމަށް މުހިންމު މަސައްކަތްތަކެއް ޕްލެޓްފޯމެކެވެ. އެތައް ގޮންޖެހުންތަކަކާ ކުރިމަތިލާއިރު، އިންޑޯ ޕެސިފިކް ސަރަހައްދާއި އީޔޫއަށް މުހިންމު ގުޅުމެއް އުފެދިގެން ދާއިރު، އެކަމުގެ ސަބަބުން އީޔޫއާއި އިންޑޯ ޕެސިފިކް ސަރަހައްދުގެ އެއްބާރުލުމާއި، ޖިއޮޕޮލިޓިކަލް އަދި އިގްތިސާދީގޮތުން ހާއްސަ އަހައްމިއްޔަތުކަމެއް ލިބިގެންދެއެވެ.

އީޔޫ އިންޑޯ ޕެސިފިކް މިނިސްޓަރީ ފޯރަމަކީ އިންޑޯ ޕެސިފިކާއި އީޔޫއާ ދެމެދު މަޝްވަރާއާއި އެއްބާރުލުން އިތުރުކުރުމަށް މަގުފަހިކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ފޯރަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.