އެމްއެމްޕީއާރުސީގައި ބޮޑު ޚިޔާނާތާއި ގުޅިގެން ދައުލަތުން އުފުލަމުންދާ ދައުވާތަކާއި، ހަދަމުންދާ އެއްބަސްވުންތަކާއިއެކު އިންސާފުގެ މަގު ގެއްލި މިމައްސަލަ މިއަދު ބޮޑު އަރަތަކަށް ވެފައިވާ ކަމުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ މަޤާމަށް ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާގައި ގުޅިގެން މިހާތަނަށް ދައުވާ އުފެލެމުންދާ ގޮތާއި، ޝަރުއީ މަރުހަލާގައި ކަން ހިނގަމުންދާ ގޮތަށް އިޝާރާތް ކުރައްވައި އަލްހާން ވިދާޅުވީ ދައުލަތުން ބޮޑެތި އަދަދުތަކުން ފައިސާ ގެއްލިފައިވާކަމަށް ބުނެ މިދައުވާތައް ކުރާއިރު، އަދަދު ބޮޑުވާވަރަކަށް ފެންނަނީ އެއްބަސްވުން ހެދި ހުކުމްތައް ކުޑަވާ މަންޒަރުކަމަށެވެ.
އޭނާ ވިދާޅުވީ އެމްއެމްޕީއާރުސީ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެއް މިލިޔަން ޑޮލަރުގެ ޚިޔާނާތުގެ މައްސަލައެއްގައި 5 އަހަރަށް ޖަލަށް ހުކުމްކޮށް 5 މިލިޔަން ޑޮލަރު ދެއްކުމަށް ހުކުމް ކޮށްފައިވާއިރު، ހަމަ މިމައްސަލާގައި 50 މިލިޔަން ޑޮލަރުގެ ޚިޔާނާތް ވުމުން އެއްބަސްވުމެއް ހަދައި ހުކުމް އެންމެ 11 އަހަރަށް ކުޑަކުރުމަކީ އިންސާފުގެ ކޮން ހަމަޔަކުން ނިންމި ނިންމުމެއްތޯ އަލްހާން ވަނީ ސުވާލު އުފައްދަވާފައެވެ. އަދި މިފައިސާތަކަކީ ދައުލަތަށް އަނބުރައި ހޯދާނެކަމަށް ބުނާ ފައިސާތަކަކަށްވާއިރު މިފައިން ފައިސާއެއް ނުލިބި ހަދާ އެއްވެސްވުމަކުން ލިބިގެންދަނީ ކޮން އިންސާފެއް ކަމާއިމެދުވެސް އަލްހާން ވަނީ ސުވާލު އުފައްދަވާފައެވެ.
އެއް މިޔަން ޑޮލަރުގެ ޚިޔާނާތަށް ރައީސް ޔާމީނަށް 5 އަހަރުގެ ޖަލު ހުކުމާ، 5 މިލިޔަން ޑޮލަރު! ފަންސާސް މިލިޔަން ޑޮލަރުގެ ޚިޔާނާތަށް 10 އަހަރު! މީކޮން އިންސާފެއްތޯ؟ ދައުލަތުން ވަގަށްނެގި ފައިސާ ނުދައްކާ، ކޮން އިއުތިރާފު އެއްބަސް ވުމެއްތޯ؟ ތިޔަ ފައިސާ ލިބުނު މީހަކު ނެތް! އަރަތެެއްތޯ؟
– އަލްހާން ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި އެކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ޢަބްދުﷲ ޒިޔަތުގެ މައްޗަށް ދައުލަތުން ކުރާ 32 ދައުވާގެ އަދަބަކީ 11 އަހަރަށް ޖަލަށްލުން ކަމަށް ދައުލަތުގެ ވަކީލުން އިއްޔެވަނީ ނިންމާފައިވެއެވެ. އަދި މިއަދަދާއި މެދު އެއްވެސް އިއުތިރާޒެއް ނެތްކަމަށް ޒިޔަތުގެ ދިފާއީ ވަކީލު ޝަރީޢަތުގެ މަޖިލީހުގައި ވިދާޅުވިއެވެ. ޒިޔަތާއި، ކުމިމައްސަލާގައި ޝާމިލުވާ އަދީބާއިމެދު ދައުލަތުން އެއްބަސްވުންތަކެއް ހަދައި ހުކުމްތައް ކުޑަކޮށްފައިރު، މިބޭފުޅުން ހުކުމް ތަންފީޒު ކުރައްވަމުންދަނީގޭގައެވެ. ނަމަވެސް މިމައްސަލާގައި ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލު ކޮށްދެއްވުމަށް އެތައްފަހަރެއްގެ މަތީން ދެންނެވި ނަމަވެސް އެކަމަށް ކަމާއިބެހޭ އެއްވެސް ފަރާތަކުން އިޖާބަދީފައި ނުވެއެވެ.
ކޮމެންޓު ފޮނުވާ