ޝާހިދު އާއި ޕުޖާ އަށް ފިލްމްއެއް

ޝާހިދު އާއި ޕުޖާ އަށް ފިލްމްއެއް

Author
ފާތިމަތު ނާވީ
10 މެއި 2023 08:10
0

ބޮލީވުޑްގެ ހުނަރުވެރި އެކްޓަރު ޝާހިރު ކަޕޫރު އާއި ޕޫޖާ ހޭގްޅޭ ފިލްމް އަކަށް ސޮއިކޮށްފައިވާ ކަމަށް މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން ބުނެފިއެވެ.

ޝާހިދު އާއި ޕޫޖާ ސޮއިކޮށްފައިވަނީ "ކޮއީ ޝަކް" ކިޔާ ތުރިލާއަކަށް ކަމަށް ހަބަރުތަށް ވަނީ ބުނެފައިއެވެ. އަދި ފިލްމްގެ ޝޫޓިން މިއަންނަ މަހު ނުވަތަ މިމަހުގެ ފަހުކޮޅުގައި ފެށުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ވަނީ ބުނެފައިއެވެ.

މި ފިލްމަކީ ބަތަލާ ވިދިޔާ ބާލަންގެ ފިރިމީހާ ޕްރޮޑިއުސަރު ސިދާތު ރޯއި ކަޕޫރާއި ޒީ ސްޓޫޑިއޯސް ގުޅިގެން ހަދާ އެއްޗެކެވެ. މި ފިލްމް ބިނާވެފައި ވަނީ ސިއްރު މަރެއްގެ ހަގީގަތް ހޯދަން ކުރާ މަސައްކަތުގެ ތެރޭގައި ދިމާވާ ހާދިސާތަކެއްގެ މައްޗަށް ކަމަށް ވެއެވެ.

މި ފިލްމް އަކީ ޝާހިދު އާއި ޕޫޖާގެ ޖޯޑު ބޮޑު ސްކްރީން އިން ފެނިގެންދާނެ ފުރަތަމަ ފަހަރެވެ. އެހެން ކަމުން މި ފިލްމް އަކީ އައު ޖޯޑެއް ބޮލީވުޑް އަށް އުފަންވެގެން ދާނެ ކަހަލަ ފިލްމް އަކަށް ވާނެ ކަމަށް ބެލެވެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.