ދަރިފުޅާއި އެކު ސޯނަމް ސަމާސާ ކުރާ ވީޑިއޯ އެއް ވައިރަލް ވެއްޖެ

ދަރިފުޅާއި އެކު ސޯނަމް ސަމާސާ ކުރާ ވީޑިއޯ އެއް ވައިރަލް ވެއްޖެ

Author
ފާތިމަތު ނާވީ
11 މެއި 2023 10:39
0

ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރާއި ފިރިމީހަ އަދި ވިޔަފާރީ ވެރިއާ އާނަންދު އަހޫޖާ އަށް އެމީހުންގެ އަލަތު ދަރިފުޅު ލިބިފައިވަނީ މިދިއަ އަހަރުގެ އޯގަސްޓް މަހުގެ 20 ވަނަ ދުވަހުގައިއެވެ.

އެހެން ގިނަ ސެލްބްރިޓީންނެކޭ އެއްގޮތަށް ސޯނަމްވެސް އަންނަނީ އޭނާ ގެ ދަރިފުޅު ވަރަށް ބޮޑަށް މީޑިއާ އާއި ފޮރުވައިގެން ނެވެ. އަދި ފޮޓޯ ނުނެގުމަށް އޭނާ މީގެ ކުރިން ވަނީ ވަރަށް ބޮޑަށް ރިކުއެސްޓް ކޮށްފައިއެވެ.

ނަމަވެސް މިހާރު 7 މަސްވެފައިވާ ވާޔޫ ގެ ފޮޓޯ އާއި ވީޑިއޯ ކޮޅުތަށް ސޯނަމް ދޭތެރެ ދޭތެރެއިން އަންނަނީ ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ. ނަމަވެސް މިހާތަނަށް ވެސް އެކުއްޖާގެ މޫނު އެއްކޮން ފެންނަ ފޮޓޯއެއް މީޑިއާގައި އާންމު ކޮށްފައިއެއް ނުވެއެވެ.

އަނެއްކައިވެސް ސޯނަމް އޭނާގެ ދަރިފުޅާއި އެކުގައި ސަމާސާ ކުރާ ވީޑިއޯއެއް އޭނާ ވަނީ އާންމު ކޮށްފައިއެވެ. އަދި އެއާއި އެކުގައި އެ ވީޑިއޯ ވަނީ ވައިރަލް ވެގެން ގޮސްފައިއެވެ.

 

View this post on Instagram

 

A post shared by anand s ahuja (@anandahuja)

ސޯނަމާއި އާނަންދު އަހޫޖާ ކައިވެނިކުރީ 2018 ވަނަ އަހަރުއެވެ. އޭގެ ފަހުން ސޯނަމް ފިލްމު ކުޅުމާއި ތަންކޮޅެއް ދުރެވެ. ހަމަ އެހެންމެ އޭނާ ވަނީ ދިރިއުޅުން ލަންޑަނަށް ބަދަލުކޮށްފައެވެ. އާނަންދުގެ އާއިލާ ދިރިއުޅެނީ ލަންޑަނުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.