ޝާހް އެންމެބިރު ގަންނަނީ އަސްދެކެ

ޝާހް އެންމެބިރު ގަންނަނީ އަސްދެކެ

Author
ފާތިމަތު ނާވީ
11 މެއި 2023 06:08
0

ބޮލީވުޑްގެ އެންމެ ކުޅަދާނަ އެއް އެކްޓަރު ޝާހުރުކް ހާން އަކީ އެއްވެސް އެއްޗެއް ދެކެ ބިރު ގަންނާނެ ތަރިއެއް ކަން ބުނުމަކީ ފަސޭހަ ކަމެއް ނޫނެވެ.

ސަބަބީ އޭނާ އަކީ ގިން ފިލްމް ތަކެއްގައި ތަފާތު ކެރެކްޓާ ތަކަކުން ފެނި ގިން ތަޖުރިބާ ތަކެއް ކޮށްފައިވާ އެކްޓަރެކެވެ. އެހެން ކަމުން ޝާހު އެއްޗެއްދެކެ ބިރު ގަންނަ ކަމަށް ބުނެފި ނަމަ ނުވަތަ ފޯބިއާއެއް ހުންނަ ކަމަށް ބުނެފިނަމަ ގަބޫލް ކުރަން އުދަގޫވާނެއެވެ.

ނަމަވެސް ޝާހަކީ އެކުވައިނޯ ފޯބިއާ އެވެ. މިއީ އަސް ދެކެ ބިރުގަތުމެވެ. ޝާހު ވަނީ މީގެ ކުރިން އަހައް ސަވާރުވެގެން ތަފާތު ސްޓަންޓްތަށް ދައްކައިދީފައިއެވެ.

އެގޮތުން އެއްނެ ފާހަގަ ކުރެވޭ އެއް ފިލްމް އަކީ "ބާޒީގަރް" އެވެ. އެކި ގޮތްގޮތަށް އަސްދުއްވައި އަހާއި އެކުގައި ސަމާސާ ކުރަނިކޮށް ފިލްމް ތަކުން ފެނިގެން ގޮސްފައިވި ނަމަވެސް އޭނާ އަސްދެކެ ވަރަށް ބިރުގަނެއެވެ.

އަސްދެކެ އޭނާ ބިރު ގަންނަން ފެށީ އޭނާ ކުޅުނު ފިލްމު "ކަރަން އަރްޖުން"ގެ ޝޫޓިންގެ ތެރެއިން އަހަކަށް އަރައިގެން އުޅެނިކޮށް ވެއްޓި އަނިޔާވުމުން ކަމަށް އެނގިފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.