ޗާގޯސް މައްސަލާގައި އިއްތިހާދުވެ، ހަރަކާތްތަކެއް ފެށުމާއި ގާތަށް!

ޗާގޯސް މައްސަލާގައި އިއްތިހާދުވެ، ހަރަކާތްތަކެއް ފެށުމާއި ގާތަށް!

Author
މުޙައްމަދު ޝަޒައިމް
10 މެއި 2023 11:11
0

މޮރިޝަސްއާއި ރާއްޖެއާ ފުށުއަރާ ކަނޑުގެ ސަރަހައްދު ބައި ކުރި ގޮތުން ހިތްހަމަނުޖެހިގެން އިދިކޮޅު ޕީޕީއެމާއި އެމްޑީޕީގެ ފިކުރެއްގެ ދިރުން އިސްވެ، އެ މައްސަލައިގައި އިދިކޮޅު އިއްތިހާދެއް އެކުލަވައިލުމުގެ މަޝްވަރާ ބައްދަލުވުމެއް ރޭ ބާއްވައިފިއެވެ.

ރޭގެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރަކު ވިދާޅުވީ ރޭގެ ބައްދަލުވުމުގައި ބައިވެރިވީ އިމުގެ މައްސަލައިގައި އެކުގައި މަސައްކަތް ކުރަން އެއްބަސްވި ޕާޓީތަކާ އެކު މަޝްވަރާ ކުރަން އެކުލަވައިލާފައިވާ ކޮމެޓީގެ މެންބަރުން ކަމަށެވެ. މިބައްދަލުވުމުގައި އިއްތިހާދެއް އެކުލަވައިލެވި، ހަފްތާ ބަންދުގެ ކުރިން ކުރިއަށް ދާނެ ގޮތްތަކެއް ނިންމިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިމުގެ މައްސަލައިގައި ޕާޓީތަކާ އެކު މަޝްވަރާތައް ކުރިއަށް ގެންދަނީ ކުރިއަށް ގެންދާނެ ގޮތްތަކެއް ރޭވުމަށް ކަމަށެވެ. ޗާގޯސް މައްސަލާގައި އިދިކޮޅު ހުރިހާ ޕާޓީތަކާއި، މަދަނީ ޖަމްއިއްޔާތަކުން ގެންދަނީ ސަރުކަރުގެ ނިންމުމައި ދެކޮޅަށް ހަރަކާތްތަކެއް ހިންގުމަށް މަސައްކަތް ކުރަމުންނެވެ. ސަރުކާރާ ފެޔަށް ޖެހި އެމްޑީޕީ ތެރޭގައި ވަކި ހަރަކާތެއް ހިންގަވަން ފައްޓަވާފައިވާ ނަޝީދާ އެކު މިދިޔަ ހޯމަ ދުވަހު ޕީޕީއެމުން ވެސް ވަނީ މަޝްވަރާ ކޮށްފައެވެ.

ފޯޅަވަހި ނުވަތަ ޗާގޯސް އައިލެންޑްސް އާއި ރާއްޖެއާ ދެމެދު އިން ކަނޑައަޅަން މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް ހުށަހަޅާފައި އޮތް މައްސަލައިގައި އިޓްލޮސް އިން މިދިޔަ ހަފްތާގެ ހުކުރު ދުވަހު ނިންމީ ފުށުއަރާ ކަމަށް މޮރިޝަސްއިން ބުނާ 200 ނޯޓިކަލް މޭލުގެ ސަރަހައްދު ރާއްޖެއާއި މޮރިޝަސްއާ ދެމެދު ބެހުމަށެވެ. އެގޮތަށް ބަހާލައި، އިޓްލޮސް އިން ނިންމީ ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރު އަދި މޮރިޝަސްއަށް 45،331 އަކަކިލޯމީޓަރު ލިބޭ ގޮތަށެވެ. އެއާއެކު ރާއްޖޭގެ މަސްވެރިން މީގެ ކުރިން މަސްވެރިކަން ކުރާ ކަނޑުގެ ބޮޑު ބައެއް ވަނީ ގެއްލިފަ އެވެ. އަދި ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ވަނީ ލިބިފައެވެ.

އެހެންވެ، ގެއްލުނު ބައި އަނބުރާ ހޯދުމަށް އިދިކޮޅުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެ މައްސަލައިގައި ހިޔާލު އެއްގޮތް ހުރިހާ ފަރާތްތަކާއެކު މަސައްކަތް ކުރަން އެ ކޯލިޝަނުން ވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.