ޗާގޯސް މައްސާލާގައި ޢިލްމުވެރިންގެ ގުޅުމުން ޕީޕީއެމްއާއި ބައްދަލުކޮށްފި

ޗާގޯސް މައްސާލާގައި ޢިލްމުވެރިންގެ ގުޅުމުން ޕީޕީއެމްއާއި ބައްދަލުކޮށްފި

Author
މުޙައްމަދު ޝަޒައިމް
09 މެއި 2023 06:29
0

ރާއްޖޭގެ ދެކުނުން އިން ކަނޑައެޅުމުގައި ސަރުކާރުން ޢަމަލުކޮށްފައިވަ ގޮތާއި، މިމައްސަލައިގެ މައުލޫމާތު އެއްކުރުމަށް ޢިލްމުވެރިންގެ ގުޅުން ޚާއްސަ މަސައްކަތްތަކެއް ފަށައިފިއެވެ.

ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުން ބޮޑު ބައެއް މުސްލިމް ނޫން ދައުލަތަކަށް ދިވެހި ސަރުކާރުން ދޫކޮށްލުމާ ގުޅިގެން ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން ވަނީ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފައެވެ. މިބައްދަލުވުމަށްފަހު ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުން ބޮޑު ބައެއް ދޫކޮށްލާފައިވާ މައްސަލައިގައި ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން ވަނީ މަޢުލޫމާތު އެއްކުރުމުގެ ބައްދަލުވުންތަކެއް ފަށާފައެވެ.

މީގެ ތެރެއިން އިއްޔެ އިލްމުވެރިންގެ ގުޅުމުންވަނީ ކުރީގެ ބަންޑާރަ ނައިބް ޑރ. މުޙައްމަދު މުނައްވަރާ ބައްދަލުކޮށްފައެވެ. އަދި މިއަދު ވަނީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނާއި ބައްދަލުކޮށްފައެވެ.

ރާއްޖެއަށް ޤާނޫނީ ގޮތުން ލިބިފައި އޮތް ޚާއްޞަ އިޤްތިޞާދީ ސަރަހައްދުން ބޮޑު ބައެއް ގެއްލުނު މައްސަލައިގައި ދީނީ ޢިލްމުވެރިންގެ ފަރާތުން ހުރި ކަންބޮޑުވުންތަކާ މެދު ވާހަކަ ދެއްކުމަށް އެޕޮއިންޓްމެންޓަށް އެދި ޢިލްމުވެރިންގެ ގުޅުމުން އިސްލާމިކް މިނިސްޓްރީއަށާއި، އެޓާނީ ޖެނެރަލްގެ އިތުރުން ފޮރިން މިނިސްޓްރީއަށް ވަނީ ސިޓީ ފޮނުވާފައެވެ. ނަމަވެސް މިހާތަނަށް މިބައްދަލުވުންތަކަށް އެފަރާތުން ދިން ޖަވާބެއް ސާފެއް ނުވެއެވެ.

ސަރަޙައްދު މިންކުރާ "އިކުއިޑިސްޓެންސް ލައިން" އަށް ބަލާއިރު، ރާއްޖެއަށް ވަނީ އިމުން ބޮޑު ބައި ލިބިކަމަށް އިޓްލޮސްއިން ނިންމައިފައެވެ. ފުށުއަރާ ސަރަޙައްދުގެ 47000 އަކަ ކިލޯމީޓަރު ވަނީ ރާއްޖޭގެ އިމުގެ ގޮތުގައި ކަނޑައަޅާފައެވެ. މޮރިޝަސްއަށް ލިބިފައިވަނީ 45000 އަކަ ކިލޯމީޓަރުގެ ސަރަޙައްދެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.