"ހަތުރޯން ކޭ ކިލާޅީ 13″ ޖުލައި 17 ގައި

"ހަތުރޯން ކޭ ކިލާޅީ 13″ ޖުލައި 17 ގައި

Author
ފާތިމަތު ނާވީ
09 މެއި 2023 08:18
0

ކަލާސް ޗެނަލް އިން ގެނެސްދޭ ކާމިޔާބު ރިއަލިޓީ ޝޯވ ""ހަތުރޯން ކޭ ކިލާޅީ" ގެ 13ވަނަ  ސީޒަން ޖުލައި 17 ގައި ގެނެސްދިނުމަށް ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ކޮންމެ އަހަރަކު ވެސް ތަފާތު ގައުމެއްގައި ޝޫޓްކުރާ މި ޝޯވ މިއަހަރުވެސް ތަފާތު ގައުމެއްގައި ޝޫޓް ކުރާނެއެވެ. އަދި ވަރުގަދަ ސްތަންޓު ތަކެއް ފެނިގެންދާނެއެވެ. މި ސްޓަންޓް ރިއަލިޓީ ޝޯ މި ފަހަރު ވެސް ހޯސްޓް ކޮށްދޭނީ ބޮލީވުޑްގެ އެކްޝަން ޑައިރެކްޓަރުގެ ގޮތުގައި މަޝްހޫރު ރޯހިތު ޝެޓީއެވެ.

މި ފަހަރުގެ ޝޯ ޝޫޓިން މި މަހު ފެށުމަށް ހަމަޖެހިފައިވާއިރު، މި ޝޯ އަކީ އަބަދުވެސް އިންޑިއާގެ ޓީވީ އިންޑަސްޓްރީގެ މަޝްހޫރު މޫނުތައް ބައިވެރިކޮށްގެން ކުރިއަށް ގެންދާ ޝޯއެކެވެ.

 

މިދިޔަ އަހަރު ގެނެސްދިން "ހަތުރޯން ކޭ ކިލާޅީ" ގެ އެންމެ ފަހުގެ ސީޒަން ކާމިޔާބުކޮށްފައި ވަނީ ކޮރިއޮގްރާފަރެއް ކަމަށްވާ ތުޝާރް ކާލިއާ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.