ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އާމިރު ޚާންގެ އެންމެ ފަހު ފިލްމު "ލާލް ސިންގް ޗައްޑާ" ފްލޮޕް ވުމާއި ގުޅިގެން އޭނާ ހުރީ ހިތް ހަލާކުވެފައިއެވެ.
އަދި އެއާއި އެކުގައި އޭނާ މިހާރު ވަނީ ބޮލީވުޑްއިން އަހަރެއްހައި ދުވަހެއްގެ ޗުއްޓީއެއް ނަގަފައިއެވެ. މި ޗުއްޓީގެ ބޭނުން ވަރަށް ރަނގަޅު ގޮތުގައި ހިފާނެ ކަމަށް އާމިރު މީގެ ކުރިން ވަނީ ބުނެފައިއެވެ. އަދި އެބުރި އަންނަނީ ވަރަށް ވަރުގަދަ ފިލްމް އަކުން ކަމަވެސް ނޫސްތަކުން އަންނަނީ ބުނަމުންނެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި 58 އަހަރުގެ އެކްޓަރު އަމިއްލަ ނަފުސު ތާޒާކޮށްލައި، ހިތްހަމަޖައްސައި އަރާމުކޮށްލަން، އާމިރު ޚާން މެޑިޓޭޝަން ޕްރޮގްރާމާކަށް ނޭޕާލަށް ހިނގައްޖެ އެވެ.
މީގެ ދެދުވަސް ކުރިން އޭނާ ނޭޕާލް އަށް ފުރި އިރުގައި އޭނާ މި ދަތުރުގައި މެޑިޓޭޝަން ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމާފައި ވަނީ ނޭޕާލްގެ ވެރިރަށް ކަތުމަންޑުއާ 12 ކިލޯމީޓަރު ދުރުގައި އޮންނަ ބުދަންނިލްކަންތާގެ ވިޕަސާނާ މެޑިޓޭޝަން ސެންޓަރުގަ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މި ޕްރޮގްރާމްއަކީ 10 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ނިންމާލުމަށް ފަހު އޭނާ އެނބުރި އައިސް މިހާރު މަޝްވަރާތަށް ކުރަމުން އަންނަ 2008 އަހަރުގެ ކާމިޔާބު ފިލްމް ފިލްމު "ގަޖިނީ" ސީކްއެލްއެއް ހެދުމުގެ މަސައްކަތް ފަށާނެ ކަމަށް ވަނީ ބުނެފައިއެވެ.
ކޮމެންޓު ފޮނުވާ