ސަލްމާންގެ ހަޔާތަށް އައި 6 ލޯބިވެރިން

ސަލްމާންގެ ހަޔާތަށް އައި 6 ލޯބިވެރިން

Author
ފާތިމަތު ނާވީ
09 މެއި 2023 05:48
0

މި ފަހުން ސަލްމާން ހާން ވަނީ މަޝްހޫރު ޓޯކް ޝޯވ "އާޕް ކީ އަދާލަތު" ގައި ބައިވެރިވެ ވަރަށް ގިނަ ޕާސަނަލް ވާހަކަތަކެއް ހިއްސާ ކޮށްފައިއެވެ.

އެގޮތުން އޭނާ ވަނީ ހަޔާތަށް އައި ލޯބިވެރިންނާއި ބެހޭގޮތުން ވެސް ވާހަކަ ދައްކައިފައިއެވެ. އަދި ދިރިއުޅުމުގެ ގިނަ ވާހަކަ ތަކެއް ވަނީ ހިއްސާ ކޮށްފައިއެވެ.

އެޝޯވގައި ވާހަކަ ދައްކަމުން ސަލްމާން ބުނީ އޭނާ ގެ ހަޔާތަށް އައި ހުރިހާ ބައިވެރިންނަކީ ވެސް ވަރަށް ހެޔޮ ބައެއް ކަމަށެވެ. އަދި އެހުރިހާ އަންހެނުންނަކީ ވެސް ވަރަށް ރަނގަޅު ބައެއް ކަމަށާއި ކައިވެންޏަކާއި ހަމައަށް ނުދިއުމުގެ ސަބަބަކީ އޭނާ ކަމަށް ގަބޫލު ކުރާ ކަމަށެވެ.

ސަލްމާން ހާން އޭނާގެ ބޮލީވުޑްގެ ކެރިއަރު ފެށީ 1989 ވަނަ އަރުގެ ފިލްމް "މެއިނޭ ޕިޔާރް ކިޔާ" އިންނެވެ. ބެލުންތެރިންގެ މެދުގައި ބޮޑު ކާމިޔާބެއް ހޯދި މި ފިލްމް އަކީ މިހާރުވެސް ގިނަ ބައެއްގެ ފޭވަރިޓްއެވެ. މިފިލްމް ކުޅުން އިރުގައި އޭނާ ގެ އުމުރުން އެންމެ 24 އަހަރެވެ.

ސަލްމާން އަކީ ކާމިޔާބު ގިން ފިލްމް ތަކެއް ބޮލީވުޑްއަށް ދީފައިވާ ވަރަށް ކާމިޔާބު އެކްޓަރކެވެ. ފިލްމީ ދާއިރާގެ އިތުރުން ލޯބީގެ ހަޔާތުގައިވެސް އޭނާ އަކީ އެހާމެ ކާމިޔާބު މީހެކެވެ. އެގޮތުން އޭނާ އެންމެ ފުރަތަމަ ލޯބީގެ ގޮތުން ގުޅުނީ ކުރީގެ މަޝްހޫރު އެކްޓަރު އަޝޯކް ކުމާރުގެ ކާފަ ދަރިފުޅު ޝާހީން ޖެފްރީ އެވެ. ޝާހީން އަކީ ބޮލީވުޑްގައި މިހާރު ވަރަށް މަޝްހޫރު ބަތަލާއެއް ކަމަށްވާ ކިއާރާ އަދުވާނީގެ ބޮޑުދައިތަ އެކެވެ. އެލޯބީގައި އޭނާ ހުރީ ދިވާނާ ވެފައި ކަމަށް ބުނެއެވެ. އަދި ކައިވެނި ކުރަން ބޭނުންވެ ސަލްމާންގެ މައިން ބަފައިނަށް ވެސް ޝާހީން ތައާރަފް ކޮށްދިން ކަމަށްވެސް ވެއެވެ. ނަމަވެސް އެވާހަކަ އަކީ ނޫސްތަކުން މާބޮޑަށް ފެންނަ ހުރި ވާހަކަ ތަކެއް ނޫނެވެ.

އެގުޅުމުގައި މައްސަލަ ޖެހި އެންމެ ފަހުން ކައިވެންޏަކާއި ހަމަ އަށް ނުގޮސް ވަނީ ވަކިވެފައިއެވެ. އެފަހުން އޭނާގެ ހަޔާތަށް އައީ ސަންގީތާ ބިޖްލާނީއެވެ. އެދެމީހުންނަކީ ވެސް ވަރަށް ލޯބިން އުޅުން ދެމީހުންނެވެ. އަދި އެވާހަކަ އަކީ ނޫސްތަކުގެ ފަލަ ސުރުހީން ޖާގަ ހޯދި ވާހަކަ ތަކެކެވެ. އެމީހުންގެ ގުޅުން ކައިވެންޏާއި ހަމަ އަށް ދިއައެވެ. އަދި ކާޑު ޖާޕުވެސް ކުރިއެވެ. ނަމަވެސް ސަލްމާންގެ ހިތް ބަދަލު ވީއެވެ. އެކަމުގެ ސަބަބުން ސަންގީތާ އަށް ވަރަށް ފުން ހިތާމައެއް ލިބުން ކަމަށްވެއެވެ.

ނަމަވެސް ސަލްމާންގެ ހިތް އެހެން އަތަށް ދަމައިގަތީއެވެ. އެއީ ޕާކިސަތާނަށް ނިސްބަތްވާ އާއިލާއެއްގެ ތަރިއެއް ކަމުގައިވާ ސޯމީ އަލީއެވެ. ސަލްމާންގެ ހިތް ސޯމީ އަލީއަށް ދެވި އެމީހުންގެ ވާހަކަ ތަށް މީޑިއާއައިން ވަރަށް ބޮޑަށް ގެނެސްދިންވެސް މެއެވެ. ސޯމީއާ ރައްޓެހިވެގެން ގިނަ ދުވަސް ތަކަކު އުޅުނު ފަހުން ސަލްމާނުގެ ލޮލުގައި އަނެއްކައިވެސް އިތުރު އަންހެނަކު އަޅައިގަނެ ސޯމީ އާއި އޮތް ގުޅުންވެސް ނިމުކަށް އައީއެވެ. ނަމަވެސް ސޯމީ އަދިވެސް ސަލްމާންގެ ވާހަކަ ދައްކައެވެ. ސޯމީ ބުނީ ސަލްމާން އަކީ ގެވެށި އަނިޔާ ކުރާ މީހެއް ކަމަށެވެ.

ސޯމީ ގެ ގުޅުން ނިމުމަށްފަހު ސަލްމާންގެ ހަޔާތަށް އައީ ރީތީގެ ރާނީ އައިޝްވަރްޔާ ރާއީއެވެ. އެއީ އެދެމީހުން އެކުގައި ކުޅުން ފިލްމް "ހަމް ދިލް ދޭ ޗުކޭ ސަނަމް" ކުޅެން ފެށުމާ އެކުގަ އެވެ. 1999 ވަނަ އަހރުގެ މި ފިލްމް އާއި އެކު އައިޝްވަރްޔާ އާއި ސަލްމާންގެ ލޯބި ވެސް ވަނީ ހަތްއުޑު މަތީގައިއެވެ. ބުނެވޭ ގޮތުގައި ސަލްމާނަށް އައިޝްވަރިޔާ ނޫން އެހެން އެއްވެސް އަންހެންކުއްޖެއް ނުފެނެ އެވެ. އަދި އައިޝްވަރްޔާ އަކީ ސަލްމާން ގެ ހަޔާތަށް އަައި އޭނާ އެންމެ ލޯބިވާ މީހާ ކަމަށް ވެއެވެ. ނަމަވެސް ސޯމީ އެކޭ އެއްފަދައިން އައިޝްވަރްޔާ ވެސް ވަނި ސަލްމާން އަކީ އަނިޔާ ކުރާ މީހެއް ކަމަށް ބުނެ އެގުޅުން ނިންމައިލައިފައިއެވެ.

ދެން ސަލްމާން ގެ ހަޔާތަށް އައީ ޒުވާން ބަތަލާ ކެޓްރީނާ ކައިފްއެވެ. ކެޓްރީނާ އަކީ ސަލްމާން އަށް ވުރެ 18 އަހަރު ހަގު މީހެކެވެ. ސަލްމާންގެ އެހީގައި ބޮލީވުޑްގައި ކެޓްރީނާ ރަނގަޅަށް ފައި ހަރުކޮށްލިއެވެ. އަދި މިއަދު އޭނާ އަކީ އެންމެ ޑިމާންޑް ބޮޑު ބަތަލާއިންގެ ތެރެއިން އެކެކެވެ. ނަމަވެސް ކެޓްރީނާ އަށް ރަންބީރު ފެނުމާއި އެކު ސަލްމާންގެ ލޯބީގައި ކޮޅުފައިން ޖެހީއެވެ.

މިހާރު އޭނާގެ ލޯބިވެރިއާ ކަމަށް ބުނަނީ ރޫމޭނިޔާގެ ލަވަކިޔުންތެރިއެއް އަދި މޮޑެލް އެއް ކަމަށްވާ އިއުލިއާ ވަންތޫރުއެވެ. އޭނާ ދިރިއުޅުން އަންނަނީ ވެސް އިންޑިއާގައި ކަމަށްވެއެވެ.

މީގެ އިތުރުން ވެސް އެންމެ ފަހުން ރިލީޒްވި ސަލްމާންގެ ފިލްމް "ކިސީ ކާ ބާއީ ކިސީ ކީ ޖާން"ގެ ބަތަލާ ޕޫޖާ ހެގްޅޭ، އާއި ޒަރީން ޚާން އަދި އައިޝްވަރިޔާ އާ ވަރަށް ވައްތަރު ބަތަލާއެއް ކަމަށްވާ ސްނޭހާ އުއްލާލް އާއި ޖެކުއަލިން ފެނާންޑޭޒް ފަދަ ތަރިންނާއި 57 އަހަރުގެ އެކްޓަރާއި ގުޅުން އޮތް ކަމަށް ވާހަކަ ދެކެވެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.