ބޮލީވުޑްގެ ޕާފެކްޝަނިސްޓްގެ ގޮތުގައި މަޝްހޫރު ސްޕަސްޓާރު އާމިރު ހާން، ފިލްމް އެއްގެ ސީކުއަލެއް ހަދަން ތައްޔާރު ވަމުން އަންނަ ކަމަށް ހަބަރުތަށް ބުނެފިއެވެ.
އޭނާ އަންނަނީ 2008 އަހަރުގެ ކާމިޔާބު ފިލްމް ފިލްމު "ގަޖިނީ" ސީކްއެލްއެއްހެދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ފިލްމް އަށް "ގަޖިނީ 2″ ގެ ނަން ދީފާނެ ކަމަށާއި އެކަމާއި އޭނާ ވަރަށް ވިސްނަމުން އަންނަ ކަމަށް ވެސް ބުނެފައި ވެއެވެ.
"ގަޖްނީ 2″އަކީ އާމިރު ކުޅެފައިވާ "ގަޖްނީ"ގެ ދެވަނަ ބައެވެ. "ގަޖްނީ"އަކީ ސައުތު އިންޑިއާ ފިލްމެއްގެ ހިންދީ ރިމޭކެކެވެ. އެހެންކަމުން މީގެ ދެވަނަ ބައެއް އުފެއްދުމާ ގުޅޭގޮތުން ފިލްމުގެ ޕްރޮޑިއުސަރުން ކަމަށްވާ އައްލޫ އަރަވިންދް އާއި ގީތާ އާޓްސް އާއެކު ހައިދަރުއާބާދުގައި އާމިރު މަޝްވަރާތައް ބާއްވަމުންދާތާ އެތައް މަހެއް ވެއްޖެ ކަމަށްވެސް މި ޚަބަރުގައި ބުނެފައި ވެއެވެ.
ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ފިލްމުގައި އާމިރާ އެކީ ބަތަލާއިންގެ ރޯލު ކުޅުނީ އާސިން އާއި 2013 ގައި ދަންޖެހިގެން މަރުވި ޖިއާ ޚާނެވެ.
އާމިރު އެންމެ ފަހުން ކުޅުނު "ލާލް ސިންގް ޗައްޑާ" ފްލޮޕްވުމަށްފަހު އޭނާގެ ހިތް ވަނީ ކުދުކުދި ވެފައިއެވެ. "ލާލް ސިންގް ޗައްޑާ" އަކީ ވެސް އާމިރު ބޮޑު ސްކްރީން އާއި ގިނަ ދުވަސްތަކެއް ވަންދެން ދުރުގައި ހުރުމަށް ފަހު އެނބުރި އަށް ފާހަގަ ކުރި ފިލްމްއެކެވެ. އަދި ފިލްމް އަކީ އުންމީދު ކުރިގޮތާއި އިދިކޮޅަށް ދިއަ ފިލްމްއެކެވެ.
އެކަމުގެ ހިތާމާގައި އާމިރު ވަނީ ބޮލީވުޑްއިން އަހަރެއްހައި ދުވަހުގެ ބްރޭކެއް ނަގައިފައިއެވެ. އޭނާ ބުނީ މި ބްރޭކް އަކީ އާއިލާ އާއި އެކުގައި ވަގުތު ހޭދަކުރުމުގެ ގޮތުން ނެގި ބްރޭކް އެކެވެ.
ހަމަ އެހެންމެ އޭނާ ބޭނުން ވަނީ ދެވަނަ ފަހަރަކަށް ވެސް އެނބުރި އައުމެއް ފާހަގަ ކުރާށެވެ. މިފަހަރު ކުރީ ފަހަރަށްވުރެ ވަރުގަދަ ކޮން އެއަށް ވުރެ ގްރޭންޑްކޮންނެވެ.
ކޮމެންޓު ފޮނުވާ