މިވެރިކަން ގެނައުމަށް ކުރެވުނު މަސައްކަތަކީ ކުރެވުނު މޮޔަކަމެއް ކަމުގައި މިސަރުކާރު ވެރިކަމަށް ގެނައުމަށް އޭރުގެ މަޖިލިސް ތެރެއިންނާއި، މަގުމަތީގައި ހިންގި ގިނަ ހަރަކާތްތަކެއްގައި މުހިންމު ދައުރެއް އަދާކުރެއްވި ކުރީގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
މިސަރުކާރު ވެރިކަމަށް ގެނައުމަށް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަޖިލިސް ތެރެއިން އޭރުގެ ވެރިކަމާއި ދެކޮޅަށް ނިކުމެ އިހުތިޖާޖުހުރި 12 މެމްބަރުންގެ ތެރޭގައިވެސް ހިމެނި ވަޑައިގަންނަވާ މުސްތަފާ ވިދާޅުވީ މިވެރިކަން ގެނައުމަށް އޭރު ކުރެވުނު މަސައްކަތަކީ ކުރެވުނު ވަރަށް މޮޔަ އަދި އެހާމެ ބޭކާރު މަސައްކަތްތަކެއް ކަމަށެވެ. އަދި އެއީ ކުރެވުނު ކަނޑުކޮސް މަސައްކަތެއްގެ ގޮތުގައި މުސްތަފާ ވަނީ ސިފަކުރައްވާފައެވެ.
Mi veri kan gennah kurevunu masaiykathakee kurevunu moya kameh! kurevunu kandu kos kameh!
— Mohamed Musthafa (@Thimarafushi) November 30, 2020
މުސްތަފާވަނީ އޭރުގެ ވެރިކަމާއި ދެކޮޅަށް މަޖިލިސް އިދާރާގައި ކުރެވުނު އިހުތިޖާޖުތަކުގައާއި، ވެރިކަމަށް އައުމަށް ހެދި ކޯލިޝަންގެ ކުރީސަފުގައިވެސް މުހިންމު ދައުރެއް އަދާކުރައްވާފައެވެ. މިއެއްވުންތަކާއި މުޒާހަރާތަކުގައި އެތައް ފަހަރަކު މުސްތަފާ ފުލުސް އޮފީހަށް ހާޒިރުކޮށް ބަންދުވެސް ކޮށްފައެވެ. ނަމަވެސް އޭރު އޮތް ސަރުކާރު ބަދަލުކޮށް މިވެރިކަން ގެނައުމަށް މުސްތަފާވަނީ ވަރަށް ގިނަ މަސައްކަތަކެއް ކުރައްވާފައެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާއި ދެކޮޅަށް މިއަދު އޮތް ސަރުކާރުގެ ކޯލިޝަން އުފެދިގެން އައީވެސް، މަޖިލީހުގައި ހިމެނުނު މެމްބަރުންގެ ތެރެއިން ރައީސް ޔާމީނާއި ދެކޮޅަށް އޭރުގެ ސަރުކާރަށް ނިސްބަތްވާ ބާރަ މެމްބަރަން ނިކުމެ ކުރި އިހުތިޖާޖުތަކުގެ ތެރެއިންނެވެ. އެދި އެމަސައްކަތް ވެގެން ގޮސްފައިވަނީ އޭރުގެ ވެރިކަމާއި ދެކޮޅަށް ގިނަަބަޔަކަށް ނިކުންނަށް ހިތްވަރުލިބި ސަރުކާރު ބަލިކަށި ވާން ދިމާވި އެންމެބޮޑު އެއްސަބަބުކަމުގައިވެ. ބާރަ މެމްބަރުންގެ ތެރެއިން ގިނަ މެމްބަރުން ޖަލުގައިވެސް އެތައް ދުވަހަކު ބަންދު ކުރެވި ދައުވާވެސް ކޮށްފައިވެއެވެ.
12 މެމްބަރުންގެ ތެރޭގައި ހިމެނޭ މެމްބަރުންގެ ތެރެއިން މުސްތަފާ ދަނީ ފަހަކަށް އައިސް ވަރަށް ފާޅުކަން ބޮޑުކޮށް ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ.
ކޮމެންޓު ފޮނުވާ