1989 ވަނަ އަހަރުގެ ފިލްމް "މޭނޭ ޕިޔާރު ކިޔާ" އިން ބޮލީވުޑް އަށް ތައާރަފްވި ބަގިޔަޝްރީގެ އަންހެން ދަރިފުޅު އަވަންތިކާ ދައްސާނީ ބޮލީވުޑްގެ ފިލްމަކަށް ސޮއިކޮށްފި އެވެ.
"މޭނޭ ޕިޔާރު ކިޔާ" އަކީ ބޮލީވުޑްގެ އެންމެ މަޝްހޫރު ފިލްމް ތަކުގެ ތެރެއިން އެއް ފިލްމްއެވެ. އަދި އަދާ ޖެހެންދެން ވެސް އެ ފިލްްމް އަކީ ބެލުންތެރިންގެ މެދުގައި ވަރަށް މަޝްހޫރު ފިލްމްއެކެވެ.
ނަމަވެސް އެ ފިލްމް އަށް ފަހު ބަގިޔަޝްރީ ވަނީ ބޮލިވުޑް އިން ގެއްލިފައިއެވެ. ނަމަވެސް އޭނާ އެނބުރި އަނެއްކައިވެސް ވަނި ފިލްމް ކުޅެން ފަށައިފައިއެވެ. އޭނާ ވަނީ މިމަހު ރިލީޒް ކުރި ސަލްމާން ހާން ގެ "ކިސީކާ ބާއީ ކިސިކީ ޖާން" އިން ފެނިގެން ގޮސްފައިއެވެ.
މިދިޔަ އަހަރު ޒީ5 އިން ގެނެސްދިން ވެބް ސީރީޒް "މިތިޔާ" ގެ ރޯލެއް ކުޅުނު އަވަންތިކާގެ ފުރަތަމަ ފީޗާ ފިލްމަކީ "ޔޫ ޝޭޕް ކީ ގަލީ" އެވެ. މި ފިލްމުގެ ޝޫޓިން މި ހަފުތާގައި ލަކްނޫގައި ފަށާނެ އެވެ. އަވިނާޝް ދާސް ޑައިރެކްޓްކުރާ ފިލްމުގެ ބަތަލަކީ މަޝްހޫރު އެކްޓަރު ނަސީރުއްދީން ޝާހްގެ ދަރިފުޅު ވިވާން ޝާހެވެ.
ބަގިޔަޝްރީގެ އަންހެން ދަރިފުޅު ފީޗާ ފިލްމް އަކުން ބޮލިވުޑްއަށް ތައާރަފްވާ އިރުގައި އޭނާގެ ފިރިހެން ދަރިފުޅު އަބިމަންޔޫ ވަނީ 2018 ވަނަ އަހަރު "މަރްދުކޯ ދަރްދު ނެހީ ހޯތާހޭ" އިން ބޮލީވުޑް އަށް ތައާރަފް ވެފައިއެވެ. އޭނާގެ މަންމަ ބަގިޔަޝްރީ އެންމެ ފަހުން ފެނިގެންދިއަ ފިލްމް "ކިސީކާ ބާއީ ކިސިކީ ޖާން" ގެ ހާއްސަ ފެނިލުމަކުން އަބިމްނަޔޫ ވެސް ވަނީ ފެނިގެން ގޮސްފައިއެވެ.
ކޮމެންޓު ފޮނުވާ