ކުޑަކުއްޖަކާ ބެހުނު މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ

ކުޑަކުއްޖަކާ ބެހުނު މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ

Author
މުޙައްމަދު ޝަޒައިމް
04 މެއި 2023 04:07
0

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ބިދޭސީއަކު ފުލުސް އޮފީހަށް ހާޒިރުވާން އަންގައި އިއުލާނުކޮށްފިއެވެ.

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސައީދުލް އިސްލާމް، 29، ހޯދަމުން ދަނީ ފުލުހުންގެ ތަހުގީގަށް އޭނާ ހާޒިރުކުރަން ޗިޓު ރައްދު ނުކުރެވިގެންނެވެ. އޭނާ އުޅޭ ވަކި ތަނެއް ނޭނގޭއިރު އާއިލާއަށް ވެސް އެނާ އުޅޭ ވަކި ތަނެއް އެނގިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނެފައި ވަނީ އޭނާ ހޯދަމުންދަނީ އެ ހިދުމަތަށް ހުށަހެޅުނު "ކުޑަކުއްޖަކާއެކު ބަދުއަހުލާގީ އަމަލު" ހިންގުމުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ކަމަށެވެ. އެކަމަކު ކުޑަކުއްޖާއާ ބެހުނު ކަމުގެ ތުހުމަތު ސައީދުލްއަށް ކުރެވޭ ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުންގެ އިއުލާނުގައިވާ ގޮތުގައި އޭނާ ހޯދަމުން ދަނީ ތަހުގީގަށް ހާޒިރުކޮށް ސުވާލުކުރުމަށާއި މައުލޫމާތު ސާފުކުރުމަށެވެ. އަދި އޭނާ ހާޒިރުވާން އަންގާފައި ވަނީ ލ. ފޮނަދޫ ޕޮލިސް ސްޓޭޝަނަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.