2015 ވަނަ އަހަރުގެ މޭ މަހުގެ 1ވަނަ ދުވަހު ހޯމް މިނިސްޓަރ އިމްރާން ރައީސް ޔާމީންގެ އިސްތަށި ފުޅުގައި އެޅުވި ދޮގު ތުހުމަތުތަކުގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެކަމަށް އިދިކޮޅު ޕްރޮގްރޮސިވް ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރުގެ މެއި 01 ވަނަ ދުވަހު އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ މޭޑޭ މުޒާހަރާއަކީ ރައީސް ޔާމީންގެ އަނިޔާވެރިކަމާއި ޖައްބާރުކަމުން ދިވެހިން ސަލާމަތްކުރި މުޒާހަރާ ކަމުގައި އިމްރާން ވަނީ މިއަދު ވިދާޅުވެފައެވެ.
އިމްރާންގެ މިވާހަތަކާއި ގުޅިގެން އަދުރޭ ވިދާޅުވީ އިމްރާނަކީ އިމްރާނާއިމެދު ޤާނޫނީ އިމުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ދުވަސް އޮތީ ވަރަށް ކައިރީގައި ކަމަށެވެ. މޭޑޭގެ މުޒާހަރާގައި ރައީސް ޔާމީނުގެ އިސްތަށިފުޅުގައި އިމްރާން ވަނީ ޑރ.އަފްރާޝީމްގެ މަރުގެ ތުހުމަތު އަޅުވާފައިކަމަށާއި، މިކަން ބަލާނެކަމަށް އަދުރޭ ވިދާޅުވިއެވެ.
2015 ވަނަ އަހަރުގެ މޭ މަހުގެ 1 ވަނަ ދުވަކީ ދީނީ ތާޖު އަޅައިގެން ހުރެ މިހާރުގެ ހޯމް މިނިސްޓަރަކަށް މިހިރަ ޣައްދާރު ޢިމްރާނު ރައީސް ޔާމީނުގެ އިސްތަށިފުޅުގައި ޝަހީދު ޑރ.އަފުރާޝީމް ޢަލީގެ މަރުގެ ދޮގު ތުހުމަތު އެޅުވި ދުވަސް. ،މި މައްސަލަ ބެލޭނެ ދުވަސް އޮތީ ވަރަށް ކައިރީގަ. އެ ދުވަހުން ގާނޫނު އަރާ ކައްޒާބު ޢިމްރާނާ ހަމަ ކުރާނެ.
– އަދުރޭ ވިދާޅުވިއެވެ.
މޭޑޭ މުޒާހަރާ އާއި ގުޅިގެން މިނިސްޓަރު އިމްރާން އަށް ޖަލު ހުކުމެއް އިއްވިއެވެ. ވެރިކަން ބަދަލުވުމުން އެހުމް ވަނީ ބާތިލް ކޮށްފައެވެ. މޭޑޭ މުޒާހަރާގައި އިމްރާން ވަނީ ޑރ.އަފްރާޝީމް އަލީގެ މަރާއި ރައީސް ޔާމީނާއި، އަދި އޭރު ޓްއަރިޒަމް މިނިސްޓަރަކަށް ހުންނެވި އާދީބާއި ގުޅޭ ލިޔުންތަކެއް އެބަހުރި ކަމަށް ވިދާޅުވެ ލިޔުންތަކެއް ވެސް ދައްކާފައެވެ. ފަހުން އެނގުނު ގޮތުގައި އިމްރާން އެދުވަހު ދެއްކީ ހަވީރު ނޫހުގެ ވެބް ޕޭޖްތަކެއްގެ ޕްރިންޓްތަކެކެވެ.
އެލިޔުންތަކާއި ގުޅޭ ގޮތުން ވެސް އިމްރާން ވަނީ އެތައް ފަހަރަކު ދޮގު ހަދާފައެވެ. އެލިޔުންތަކާއި ގުޅޭ ގޮތުން ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި ސުވާލު ކުރުމުން އިމްރާން ވިދާޅުވީ ފުލުހުން ވަނީ އެލިޔުންތައް އޭނާ ހައްޔަރުކުރި ދުވަހު އަތުލާފައި ކަމަށެވެ. ނަމަވެސް ފަހުން މަޖިލީހުގެ ޖަލްސާތަކުގައިވެސް އަދި ރޭޑިއޯ ޕްރޮގްރާމެއްގައިވެސް އިމްރާން ވިދާޅުވީ މޭޑޭ މުޒާހަރާގައި އޭނާ ދެއްކީ ސިޔާސީ ވާހަކަތަކެއް ކަމަށެވެ.
One Response
ހަމަ ބިމަށް ތިރިވާށެވެ. މިހާރު ތިޔަތިބީ ފިޔަވަޅެއް އެޅޭ ހިސާބުން ބޭރު ކޮށްފައެވެ. ރައްޔިތުންނަށް އަނިޔާވެރި ވެވޭނެ ފުރުސަތެއް ޔާމީނަށް ދިވެހިން ދެން ދުވަކަކުވެސް ނުދޭނެއެވެ. ބިރު ގަނަނަވާނެ ކަމެއް ނެތެވެ.