މާލޭ އާޓިފިޝަލް ބީޗު ކުރިމަތީ ހުންނަ އެމްޑީޕީގެ މައި ހަރުގެ ހުސްކުރަން އިމާރާތުގެ ވެރިފަރާތުން އެ ޕާޓީއަށް އަންގައިފިއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އެ ޕާޓީގެ މައި ހަރުގެ ހުންނަ ގޭގެ ވެރިފަރާތުން އެތަން ހުސްކުރަން އަންގާފައިވަނީ އެ ބިމުގައި އިމާރާތެއް ކުރަން ވެގެންނެވެ. އެހެންވެ، ޕާޓީގެ މައި ހަރުގެ ހަދަން އެހެން ބިމެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ އެ ޕާޓީން މައުލޫމާތު ދެއެވެ.
އެމްޑީޕީގެ މައި ހަރުގެ ހަދާފައި ވަނީ އެ ޕާޓީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ ޝަފިއްޔާ ޒުބައިރުގެ ބިމެއްގައެވެ. އޭނާ މަސައްކަތް ކުރަނީ އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ދެބަސްވުމުގައި، ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ "ފިކުރެއްގެ ދިރުން" ފެކްޝަންގައެވެ.
އެމްޑީޕީން ބުނީ އެ ޕާތީގެ ހަރުގެ ބަދަލުކުރާނެ ބިމެއް މިހާތަނަށް ލިބިފައެއް ނުވާކަމަށާއި އެހެންކަމުން އާ ބިމެއް ލިބެންދެން މިހާރު ހުރި ބިމުގައި ހަރުގެ ހިންގޭނެ ގޮތެއް ހޯދަން ގޭގެ ވެރިފަރާތާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓު ފޮނުވާ