މާލޭގެ ގެއަކުން ގަސްތަކެއް ވަގަށް ނެގި މީހަކު ހޯދަން ފުލުހުން އާންމުންގެ އެހީއަކަށް އެދިއްޖެއެވެ.
ފުލުހުން ވިދާޅުވީ މިމީހާއަކީ މިމަހުގެ 25 ވަނަ ދުވަހުގެ ވަގުތެއްގައި މާލޭގެ ގެއަކުން ގަސްތަކެއް ވަގަށް ނަގާފައިވާކަމަށް ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއްކަމަށެވެ.
ވީމާ މިމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން ވަނީ އެދިފައެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ