މާދަމާ ރައީސް ޤައުމާ މުޚާޠަބު ކުރައްވަނީ!

މާދަމާ ރައީސް ޤައުމާ މުޚާޠަބު ކުރައްވަނީ!

Author
ޢަލީ އާދަމް
30 އޭޕްރިލް 2023 12:43
0

މާދަމާ ހެނދުނު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޤައުމާ މުޚާޠަބުކުރައްވަން ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެމަނިކުފާނު ޚާއްސަ މެސެޖެއް މާދަމާ ޤައުމާ މުޚާޠަބުކުރައްވައި ދެއްވަން ހަމަޖެހިފައިވާކަމަށެވެ. މި މެސެޖު ރާއްޖޭގެ ޤައުމީ ޓީވީ (ޓީވީ މޯލްޑިވްސް)އިން ވަގުތުން ދުރަށްދައްކާނެކަމަށް މައުވާން ވިދާޅުވެފައިވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސޯޝަލްމީޑިއާ ޕްލެޓްފޯމްތަކުންވެސް މިމެސެޖު ސްޓްރީމްކުރާނެކަމަށް މިއުވާން ވިދާޅުވިއެވެ.

ރައިސުލްޖުމްހޫރިއްޔާ ޤައުމާ މުޚާޠަބުކުރައްވަން ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 10:00ގައެވެ.

އެހެންނަމަވެސް އެމަނިކުފާނު ޤައުމާ މުޚާޠަބުކުރައްވަނީ ކޮންކަމަކާ ގުޅޭގޮތުންކަމެއް މިއުވާން ވިދާޅެއް ނުވެއެވެ.

ނަމަވެސް މިދުވަސްވަރު އެންމެ ބޮޑު ޕްރެޝަރެއް ސަރުކާރަށް ކުރިމަތިވެފައިވަނީ ޗާގޯސް މައްސަލާގައި ސަރުކާރުން އަމަލުކުރި ގޮތާއި ގުޅޭގޮތުން އުފެދިފައިވާ ސުވާލުތަކެވެ.

ޗާގޯސް މައްސަލާގައި ދިވެހި ކަނޑުން ބައެއް ގެއްލިފައިވާއިރު އެކަމުގައި ސަރުކާރުން އަމަލުކޮށްފައިވަނީ ޤާނޫނީ އިމުން ބޭރުންކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. ނަމަވެސް ސަރުކާރުން ބުނަމުންދަނީ ކަނޑުގެ އިން ކަނޑައެޅިގެން ދިއުމަކީ ލިބުނު ބޮޑު ކާމިޔާބީއެއްކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.