ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަޙަދުން ފުށުއަރާ ސަރަޙައްދުގެ އިން ވަކި ކުރުމުގެ މައްސަލަ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭގޮތަށް މިއަދު އިޓްލޮސް އިން ނިންމި ނިންމުމަކީ ދިވެހި ސަރުކާރުން ޤައުމަށާއި، ރައްޔިތުންނަށް ވެފައިވާ ވަރަށް ބޮޑު ޚިޔާނާތެއްކަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.
މިމައްސަލާގައި އިދިކޮޅު ކޯލިޝަން ދިޔައީ ތަކުރާރުކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ސަރުކާރުން ވިއްކާލަން އެއްބަސްވެ ލާރިނަގާފައިވާކަމަށް ތުހުމަތު ކުރަމުންނެވެ. އެގޮތުން މޮރިޝަސްއަށް ރައީސް ޞާލިހު ފޮނުވި ސިއްރު ސިޓީއާއި، ސަރުކާރުން މިމައްސަލާގައި ގެންގުޅުނު ސްޓޭންޑް ބަދަލު ކުރުމަކީ އަޑި ނޭގޭ ކަންތައްތަކެއް މިކަމުގައި ވާކަމެއްކަމަށް ދިޔައީ ތުހުމަތު ކުރަމުންނެވެ. މިމައްސަލާގައި މިއަދު އޮޓްލޮސްއިން ގޮތް ނިންމިއިރު، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވަނީ ގެއްލިފައެވެ.
މިކަމާއި ގުޅިގެން ޕީއެންސީީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވީ މިމައްސަލާގައި 500 މިލިޔަން ރުފިޔާ ނަގައި ދިވެހި މަސްކަނޑުން ބޮޑު ބައެއް ގެއްލޭގޮތުން ސަރުކާރުން ނިންމި ނިންމުމަކީ ވެފައިވާ ބޮޑު ޚިޔާނާތެއްކަމަށެވެ. އަދި މިކަމުގައި ކާމިޔާބީއެއްކަމަށް ވަނީ ރާއްޖޭގެ މަސްވެރިންނަށް އިތުރަށް ދަތިވެ ރައްޔިތުންނަށް ޣައްދާރުވުން ކަމަށްވާނަމަ އެއީ ކާމިޔާބެއްކަމަށް ޝުޖާ ވިދާޅުވިއެވެ.
ޒަމާނުއްސުރެ ”ފެހި ކުލައިގައި“އެއޮތީ ރާއްޖޭގެ ސަރަހައްދު. 500M$ ނަގައި ރައްޔިތުންނަށް ވަގަށް ދިން ”އެސިޓީން“ ދެބައިކުޅަ އެއްބައި އެއޮތީ އެފްރިކާގެ މޮރިޝަސްއަށް ދީފަ. ދިވެހި މަސްކަނޑުގެ ބޮޑު ބައެއް ފަޅުރަށަކަށް ވިއްކާލީ! މިއީ ކާމިޔާބެއްނޫން. މިއީ ބޮޑު ޚިޔާނާތެއް. ވައްކަމެއް. ޤައުމަށްވީ ބޮޑު ޣައްދާރު ވުމެއް.
– ޝުޖާ ވިދާޅުވިއެވެ.
މިމައްސަލާގައި މަޖިލީހުގެ މަހިބަދު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގު ވިދާޅުވީ މިމައްސަލާގައި ކަން ހިނގާފައިވާ ގޮތުން ބަންޑާރަ ނައިބާއި، ރައީސް ޞާލިހު ޤައުމަށް ޚިޔާނާތް ވެފައިވާކަން ހާމަވާ ކަމަށެވެ. އަދި މިމައްސަލާގައި 200 ނޯޓިކަލް މޭލު ހޯދުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަމީ ވެފައިވާ ބޮޑު ޚިޔާނާތެއްކަމަށް ތޯރިގު ވިދާޅުވިއެވެ.
ރައީސް ސޯލިހާއި އިބްރާހިމް ރިފްއަތުގެ ގައިގަ ދިވެހި ލޭ ހިނގާތޯ ބަލަން ދިވެހި ސިފައިންނަށް ގޮވާލަން. ފުރިހަމަ 200 ނޯޓިކަލް މޭލު ހޯދުމުގެ ގޮތުން ވާހަކަވެސް ނެތީ ދައްކާފައި. ހިފާ ހައްޔަރުކުރުން ނޫން ގޮތެއް ނެތް.
– ތޯރިގު ވިދާޅުވިއެވެ.
މި މައްސަލަ ޓްރައިބިއުނަލްގައި އޮތުމުން ރާއްޖެ އިން ވަނީ ޗާގޯސް އައިލެންޑްސްގެ މައްސަލާގައި މޮރިޝަސްއާ އެއްކޮޅަށް އދ. ގައި ވޯޓު ދޭން ނިންމައިފައެވެ. އޭގެ ކުރިން ޗާގޯސްގެ މައްސަލާގައި މޮރިޝަސް އާއި އިނގިރޭސި ވިލާތާ ދެމެދު އުފެދިފައިވާ މައްސަލާގައި ރާއްޖެ އޮތީ މޮރިޝަސްއާ ދެކޮޅަށެވެ.
އެކަމަކު މިދިޔަ އަހަރު ރާއްޖޭގެ ސްޓޭންޑް ބަދަލުކޮށް، މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭން ނިންމުމުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައެއް ދޫކޮށްލަން ސަރުކާރުން އެއްބަސްވީ ކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވި އެވެ. އެކަމަކު ސަރުކާރުން ބުނެފައިވަނީ ކަނޑުގެ ބައެއް އޭގެ ސަބަބުން ނުގެއްލޭނެ ކަމަށެވެ. ޗާގޯސްއަކީ އިނގިރޭސި ވިލާތުން އެމެރިކާ އަށް ކުއްޔަށް ދިނުމުން އެމެރިކާ އިން މިހާރު އަސްކަރީ މަރުކަޒެއް ގާއިމް ކޮށްފައިވާ ތަނެވެ. އެތަނުގެ މިލްކުވެރިކަމުގެ މައްސަލާގައި އިނގިރޭސި ވިލާތާއި ޗާގޯސްއާ ދެމެދު އަބަދުވެސް ހިޔާލު ތަފާތުވެފައި ވެއެވެ.
2 Responses
މުއިޒާއި ސުޖާ އަދިވެސް ދޮގެއް ހެދޭތޯ ބަލާާެވެ. ކަލާމެން އަނގަ ޗޭވެގެން ކިޔޭ ނުކިޔޭ އެއްޗެއް ނޭނގިގެން އަދިވެސް އެއްޗެކޭ ކިޔޭތޯ ބަލާށެވެ. ގިރާވަރު މީހުނެއް އަނގަޔަކުން ނާރާނެއެވެ. ހަސަނަށް ހީވާނީ ހަސަނުހެން އެންމެންވެސް ކަޓު ނަގާނެކަމަށެވެ.
ދެން މިރޭ ޖަލްސާ ކޮތަޅުން ޗާގޯސް އަށް ބަދަލުވެ، ދެން ކިޔާނީ ކީކޭ ހެއްޔެވެ؟ ފަތަފޮޅި ޖަލްސާ ކިޔަންވީ ނޫންހެއްޔެވެ؟