އެމްއެންޑީއެފަށް 34 އަހަރު ހިދުމަތް ކުރެއްވި މޭޖާ ސަލީމް ނިޔާވެއްޖެ

އެމްއެންޑީއެފަށް 34 އަހަރު ހިދުމަތް ކުރެއްވި މޭޖާ ސަލީމް ނިޔާވެއްޖެ

Author
މުޙައްމަދު ޝަޒައިމް
25 އޭޕްރިލް 2023 08:46
0

އެމްއެންޑީއެފަށް 34 އަހަރު ހިދުމަތް ކުރެއްވި މޭޖާ އަލީ ސަލީމް މިއަދު ނިޔާވެއްޖެއެވެ.

އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްގައި އިސްކޮށް މަސައްކަތް ކުރެއްވި މޭޖާ ސަލީމް އައިޖީއެމްއެޗްގައި ނިޔާވީ ސިއްހީ ހާލަތު ގޯސްވެގެން ފަރުވާ ދެމުން ދަނިކޮށެވެ. އެކަމަކު އޭނާ މިއަދު ވެސް ސިފައިންގެ ވަޒީފާއަށް ނިކުންނެވި ކަމަށްވެއެވެ.

ސިފައިންގެ ފަޔާ އެންޑް ރެސްކިއު ސާވިސް އުފެއްދިއިރު އެންމެ ފުރަތަމަ އެތަނުގައި ތިއްބެވި މަދު ބޭފުޅުންގެ ތެރޭގައި ސަލީމް ހިމެނިވަޑައިގަންނަވަ އެވެ. އަދި މިވަގުތު އެ ދާއިރާއިން ރާއްޖޭގައި ހުންނެވި އެންމެ ތަޖުރިބާކާރު ބޭފުޅަކީ ވެސް އެއީ ކަމަށް އޭނާއާ އެކު މަސައްކަތް ކުރެއްވި ސިފައިންގެ އިސް ބޭފުޅުން ވިދާޅުވެއެވެ.

ސަލީމް ނިޔާވިއިރު ވެސް އޭނާ މަސައްކަތް ކުރައްވަމުން ގެންދެވީ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.