ރޮޒައިނާގެ ފުރާނައަށް ނުރައްކާވެއްޖެ ކަމަށް ވިދާޅުވެ، އިންތިގެ މައްސަލަ ފުލުހަށް

ރޮޒައިނާގެ ފުރާނައަށް ނުރައްކާވެއްޖެ ކަމަށް ވިދާޅުވެ، އިންތިގެ މައްސަލަ ފުލުހަށް

Author
މުޙައްމަދު ޝަޒައިމް
21 އޭޕްރިލް 2023 11:28
0

ފުރާނަޔަށް ނުރައްކާވާފަދަ ދޮގު ތުހުމަތުތަކެއް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ކުރައްވާފައިވާތީ އެމައްސަލަ ބަލާދިނުމަށް އެދި ފުލުހުންނަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ދެމެމްބަރުން ކަމަށްވާއި، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމްއާއި މިނިވަން މުވައްސަސާ ކޮމެޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީއާއި ގުޅޭގޮތުން ދައްކަވަމުންދާ ވާހަތަކުން ނަޝީދަށް އިތުރު ހަމަލާއެއް އައުމުގެ ބިރު އޮތުމުން އެމެމްބަރުންގެ މައްސަ ބެލުމަށް ފުލުހަށް އިންތި ވަނީ ހުށަހަޅާފައެވެ.

އިންތި ސިޓީ ފޮނުވާފައި ވަނިކޮށް ރޮޒައިނާވަނީ އިމްތިޔާޒް ފަހުމީ ދޮގު ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް ޓެރަރިޒަމްގެ އަމަލެއް ހިންގާ ރައިސް މުހައްމަދު ނަޝީދު މަރާލަން އުޅޭކަމުގެ ނުރައްކާތެރި ތުހުމަތު ކޮށްފައިވާ މައްސަލަ ބަލައި ދިނުމަށް ފުލުހުންގެ ކިބައިން އެދިފައެވެ. ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ފޮނުވި ސިޓީއެއްގައި ވިދާޅުވީ އޭނާ އަކީ މީހަކަށް އަނިޔާއެއްދިނުމަށް ދުވަހަކުވެސް މަސައްކަތެއްކުރި، ނުވަތަ އެފަދަ ކަމެއްކުރަން ހިތައްއެރުވި ނުވަތަ އެފަދަ ކަމެއްކުރަން ރޭވި މީހެއްނޫން ކަމަށެވެ.

އަދި ރައީސް ނަޝީދުއަށް ދިން ބޮމުގެ ހަމަލާއަކީ އެދުވަހު ވެސް މިއަދު ވެސް ހަރުކަށިއބާރާތުން ކުއްވެރިކުރާ ކަމެއް ކަމަށާޢި ސިޔާސީ ދާއިރާގައި މީހުންނާއި ސިޔާސީ ގޮތުން ހިޔާލު ތަފާތުވުމަކީ އެއްވެސް މީހަކާ ދޭތެރޭ ޒާތީ ވާންޖެހޭ ކަމެއްކަމަށް ނުވަތަ އަނިޔާވެރިވާންޖެހޭ ކަމެއްކަމަށް ނުވަތަ އެމީހާއާއި މެދު ނަފްރަތު ކުރަންޖެހޭ ކަމެއްކަމަކަށް އެއްވެސް އިރެއްގައި ގަބޫލެއްނުކުރާކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

މާފަންނުއުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ތުހުމަތުކުރައްވާފައިވާފަދައިން، ރައީސް ނަޝީދަށް ސެކިއުރިޓީ ދޭން ނުޖެހޭކަމަށްވެސް، އަދި ދިނުން ހުއްޓާލަށްވެސް، އަދި ދޭގޮތަށް ބަދަލެއް ގެންނާކަށްވެސް ވަކާލާތު ކޮށްފައި ނުވާނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ޓީމުން ސިޔާސީ ގޮތުން އަޅުގަނޑާއި ބަހުސް ކޮށް ކުރިނޭރުނީމާ، އަޅުގަނޑުގެ އަބުރު. ކަތިލަން އެތައްމަސައްކަތެއްކޮށް، އެގޮތުވެސް ކުރި ނޭރުނީމާ ސިޔާސީގޮތުން އަޅުގަނޑު ފަހަތަށް ޖެއްސުމަށް، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އަޅުގަނޑުގެ ބޮލުގައ ރައީސް ނަޝީދު މަރާލަން ރޭވުމުގެ އިލްޒާމް އެޅުވުމަކީ ވަރަށް ފިނޑި، ނާތަހުޒީބު އަދި ހަމަ އެހާ ނުރައްކާތެރި އަމަލެއް. އެހެނީ އެއްވެސް ހެއްކަކާއި ނުލައި އަޅުގަނގެ ބޮލުގ ރައީސް ނަޝީދު މަރާލަން ރާވާކަމުގެ އިލްޒާމް އެޅުވުމުން، އެބޭފުޅާ އަޅުގަނޑު އެހުށައެޅި އަޅުގަނޑަށް ބަޔަކު ޖިސްމާނީ ހަމަލާއެއް ދީފާނޭ ހާލަތަކަށް.

– ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ އެފަދަ ތުހުމަތެއް އޭނާގެ މައްޗަށް ކުރުމުން ނަޝީދަށް ތާއިދު ކުރާ ބަޔަކު އޭނާ އަށް ހަމަލާއެއް ދިނުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ރައީސް ނަޝީދު މަރާލަން ރޮޒައިނާ އުޅޭކަމަށް އިމްތިޔާޒް ކުރި ތުހުމަތުގެ މައްސަލަ ފުލުހުން ބަލައި ދިނުމަށް ރޮޒައިނާގެ ސިޓީގައި ވަނީ އެދިވަޑައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ނ ނަން ނުވެސް ބުނާނަން
ތި ފޮޓޯއަށް ބެލީމަ ހީވަނީ ދެ ލޯބިވެރިންގެ މެދަށް ސީޕީ ހަމީދު ވަދެގެން އުޅޭހެން
ސ ސަރީފް
ފިނޑިވީ